ރައުދުއާ އާއިލީގުޅުން އޮންނާތީ، ކޮމިޝަނުން ހަބީބު ވަކިވެއްޖެ

ހުސައިން އިސްމާއިލް | 2 ގަޑިއިރު ކުރިން - 28 އޭޕްރިލް 2025 15:36
ތަޖުރިބާކާރު ކަށީގެ ހާއްސަ ޑޮކްޓަރު މުޙައްމަދު ހަބީބް.
ތަޖުރިބާކާރު ކަށީގެ ހާއްސަ ޑޮކްޓަރު މުޙައްމަދު ހަބީބް.
ޚުލާސާ

އެނގިފައިވާ ގޮތުގައި ކޮމިޝަނުން ޑރ. ހަބީބު ވަކިވީ އިންސާފަށް ލޯބިކުރެއްވުމުގެ ގޮތުން އަމިއްލަފުޅަށް.

ހ. ފެންޓޯނިއާގެއިން ހ. މިޓާޒްގޭގެ ފުރާޅުމައްޗަށް މި މަހުގެ 18 ވަނަ ދުވަހު ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަޙުޤީޤުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ޚާއްޞަ ކޮމިޝަނުން ޑރ. މުޙައްމަދު ހަބީބު ވަކިވެއްޖެއެވެ. ކޮމިޝަނުން ހަބީބު ވަކިވީ މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ރައުދު އަޙްމަދު ޒިލާލްއާ ޢާާއިލީ ގޮތުން ގުޅުން އޮންނާތީވެ އަމިއްލަފުޅަށް އިއްޔެއެވެ.

އެނގިފައިވާ ގޮތުގައި ކޮމިޝަނުން ޑރ. ހަބީބު ވަކިވީ އިންސާފަށް ލޯބިކުރެއްވުމުގެ ގޮތުން އަމިއްލަފުޅަށެވެ.

ޔުމްނު ވެއްޓުނު ރޭ އޭނާއާއެކު އެންމެ ފަހުން އުޅުނު ރައުދުގެ މަންމައަކީ އައްޑޫ ހިތަދޫގެ މީހެއް ކަމަށްވާއިރު، އޭނާއާއި ހަބީބުއާ ޢާއިލީ ގޮތުން ގުޅުން އޮވެއެވެ. ހަބީބަކީވެސް ހިތަދޫއަށް އުފަން ބޭފުޅެކެވެ. މީގެ އިތުރުން، މި މައްސަލައިގައި ޕާސްޕޯޓާއި ފޯނު ހިފަހައްޓާފައިވާ މީހުންގެ ތެރޭގައި ހިމެނޭ ހ. މީނާޒް، ޔޫސުފް ޔައްސާރު ޢަބްދުލްޣަފޫރުގެ މަންމަ ހާލާ ޙަމީދާއި ޑރ. ހަބީބަކީވެސް ކްލާސްމޭޓުންނެވެ.

ރައީސް މުޢިއްޒު މި ޚާއްޞަ ކޮމިޝަން އުފެއްދެވީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގައެވެ. ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އުފެއްދެވި މި ކޮމިޝަނަށް އައްޔަންކުރެއްވީ ޑރ. ހަބީބުގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ޑރ. މުޙައްމަދު މުނައްވަރާއި ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަޙްމަދު މުޙައްމަދެވެ. މި ކޮމިޝަންގެ ރައީސަކީ ޑރ. މުނައްވަރެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%