ގައުމު ދެކެ ލޯބިނުވާ ބައެއްގެ އޮއިވަރުގައި ނުޖެހޭ: ރައީސް

ހުސައިން އިސްމާއިލް | 2 ދުވަސް ކުރިން - 25 އޭޕްރިލް 2025 20:39
ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ރައީސް މުޢިއްޒު ވާހަކަފުޅުދައްކަވަނީ: އެމަނިކުފާނު ގޮވައިލެއްވީ ތެދު ޚަބަރުތައް ފެތުރުމަށާއި ދީނާއި ޚިލާފު ނުވުމަށް.
ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ރައީސް މުޢިއްޒު ވާހަކަފުޅުދައްކަވަނީ: އެމަނިކުފާނު ގޮވައިލެއްވީ ތެދު ޚަބަރުތައް ފެތުރުމަށާއި ދީނާއި ޚިލާފު ނުވުމަށް.
ޚުލާސާ

ބިރަކާނުލާ މަޖާކުރުމުގެ ޚިޔާލު ޕްރޮމޯޓް ކުރުމަކީ ޒުވާނުން އިސްލާމްދީނުގެ އުސޫލުތަކާއި ދިވެހިންގެ ރީތި އާދަކާދަތަކުން ދުރުކުރުމަށް ކުރެވުނު މަސައްކަތެއް.

ގައުމު ދެކެ ލޯބިނުވާ ބައެއްގެ އޮއިވަރުގައި ނުޖެހުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ރައްޔިތުންނަށް ގޮވާލައްވައިފިއެވެ.

ރައީސް ވިދާޅުވީ "ބިރަކާ ނުލައި މަޖާކުރުން" ޕްރޮމޯޓްކުރި ފަރާތްތަކުގެ ޚިޔާލުތަކަށް ރައްޔިތުން ތާއީދު ނުކުރުމަށެވެ. އަދިއެފަދަ ޚިޔާލުތައް ފެތުރުމަކީ ޒުވާނުން އިސްލާމްދީނުގެ އުސޫލުތަކާއި ދިވެހިންގެ ރީތި އާދަކާދަތަކުން ދުރުކުރުމަށް ކުރެވުނު މަސައްކަތެއް ކަމަށެވެ.

ރައީސް ވިދާޅުވީ މިފަދަ ކަންކަމުގެ ސަބަބުން ވިކްޓިމައިޒްވެފައިވާ ޒުވާނުންގެ ބޭނުންކޮށްގެން ސިޔާސީ ފައިދާ ނެގުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ނުފޫޒުގައި ރައްޔިތުން ޖެހިގެން ނުވާނެ ކަމަށެވެ. އަދި ކާކުކަން ނޭނގޭ މީހުން ފަތުރާ ދޮގު ވާހަކަތަކުގައި ޖެހި، އެ ދޮގުތަކުގެ އަޅުންގެ ގޮތުގައި ވެގެން ނުވާނެކަމަށް އެމަނިކުފާނު އިންޒާރުދެއްވިއެވެ.

ރައީސް މުޢިއްޒު ގޮވާލެއްވީ ރައްޔިތުން އަމިއްލަ ސިކުނޑިން ވިސްނުމަށާއި، ބުއްދީގެ ބޭނުން ހެޔޮގޮތުގައި ހިފުމަށެވެ. އެމަނިކުފާނު ވިދާޅުވީ މިއީ ހަމައެކަނި އޮތް އޮޕްޝަނެއް ނުވަތަ ޗޮއިސްއެއް ނޫންކަމަށާއި، މިއީ ކޮންމެ ރައްޔިތެއްގެވެސް ޒިންމާއެއް އަދި ވާޖިބެއްކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%