ހެންވޭރުގައި ހިނގި ހާދިސާއާ ގުޅިގެން 9 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފި

އައިޝަތު އީމާން | 3 ގަޑިއިރު ކުރިން - 24 އޭޕްރިލް 2025 13:52
ޔުމްނު ވެއްޓުނު ހާދިސާ އާއި ގުޅިގެން މި އެންމެންގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައި.
ޔުމްނު ވެއްޓުނު ހާދިސާ އާއި ގުޅިގެން މި އެންމެންގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައި.
ޚުލާސާ

ކޮމިޝަނަރު ޝުޖާއު ވިދާޅުވީ، ޔުމްނު ވެއްޓުނު ހާދިސާގެ ތަޙުޤީޤު ކުރިއަށްދާ ވަރަކަށް މި ހުރިހާ އެންމެން ވަދެނުކުމެ ހެދި ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތްވެސް ކުރާނެ ކަމަށް.

މިދިޔަ ހުކުރު ދުވަހު ހ. ފެންޓޯނިއާ ގޭގެ ނުވަވަނަ ފަންގިފިލާއިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު (21) އާއެކު އެރޭ އުޅުނު ހުރިހާ އެންމެންގެ ޕާސްޕޯޓު ހިފަހައްޓައިފިކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ، އެރޭ ޔުމްނުއާއެކު އަށް މީހުން އުޅުނު ކަމަށާއި، އެ ހުރިހާ އެންމެންނަށްވެސް ރާއްޖެއިން ބޭރަށް ފުރުން މިހާރު މަނާކޮށްފައިވާ ކަމަށެވެ.

"މި މައްސަލައިގައި ހިމެނޭ، އެރޭ އެއް ބައެއްގެ ގޮތުގައި ހޭދަކުރި މީހުންގެ ވެސް މި މައްސަލައާ ގުޅުން އޮވެދާނެ ކަމަށް ބަލައި، އެ މީހުންގެ ވެސް ރާއްޖެއިން ބޭރަށް ފުރުން މަނާކުރުމުގެ އަމުރު ކަމާބެހޭ ފަރާތްތަކަށް ފޮނުވާފައިވާނެ," ޝުޖާއު ވިދާޅުވިއެވެ.

ޕާސްޕޯޓު ހިފަހައްޓާފައިވާ ފަރާތްތަކަކީ:

1. ހައްވާ ޔުމްނު ރަޝީދު (21)

2. ރައުދު އަހުމަދު ޒިލާލް، ގ. އެރިޔަދޫ

3. އާއިޝަތު ލަޔާލީ އިގުބާލު، ގ. ނޯތުބްރީޒް

4. އިޒްދިޔާން މުހައްމަދު މައުމޫން، މއ. މާންދޫގެދެކުނުގެ

5. ޔޫސުފް އަހުމަދު އަކްރަމް، މއ. މާންދޫގެދެކުނުގެ

6. ޔޫސުފް ޔައްސާރު އަބްދުލްގަފޫރު، ހ. މީނާޒް

7. އައިމިނަތު ޖުނައިނާ ޖަމްޝީދު، މ. ތިލަފަޅު

8. ހުސައިން ހަމީސް އަލީ، އަލި، ނ. ވެލިދޫ

9. އިޖާޒް ޖާއިޒް، މާތޮޑާ އަވަށް، ގދ. ފަރެސްމާތޮޑާ

މަސްތުވާތަކެތި ބޭނުންކޮށް ބަދުއަޚްލާގީ އަމަލު ހިންގުމާއި ގުޅިގެން ޕާސްޕޯޓްތައް ހިފަހައްޓާފައިވާ މީހުން.

ކޮމިޝަނަރު ޝުޖާއު އިތުރަށް ވިދާޅުވީ، ޔުމްނު ވެއްޓުނު ހާދިސާގެ ތަޙުޤީޤު ކުރިއަށްދާ ވަރަކަށް މި ހުރިހާ އެންމެން ވަދެނުކުމެ ހެދި ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތްވެސް ކުރާނެ ކަމަށެވެ. އަދި މި ތަޙުޤީޤު ނިމުމުގެ ކުރިން ތުހުމަތުކުރެވޭ އެއްވެސް މީހަކަށް ރާއްޖެއިން ބޭރަށް ފުރައިގެން ނުދެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%