ހުކުރުވިލޭރޭ މާފަންނު ގެއެއްގެ ނުވަވަނަ ފަންގިފިލާއިން ޒުވާން އަންހެނަކު ވެއްޓުނު ހާދިސާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ދެ މިނިސްޓަރަކާއި ސުވާލުކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އެދިވަޑައިގެންފިއެވެ. އޭނާ ސުވާލު ކުރުމަށް ބޭނުންވަނީ ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ޖެންޑަރ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އާއެވެ.
މި ހާދިސާއާއި ގުޅޭ ގޮތުން މަސްލަހަތު ގޯސް ކުރުމަށްޓަކައި ސިޔާސީ ކުރުމަށް ވެސް އެއްބަޔަކު ސޯޝަލްމީޑީއާގައި މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރެވެއެވެ.
މި ހާދިސާއާއި ގުޅިގެން ފުލުހުން ވަނީ 9 މީހެއްގެ ޕާސްޕޯޓް ވެސް ހިފަހައްޓާފައެވެ.
ފުރުން މަނާކުރި މީހުން
މިއީ، މަސްތުވާ ތަކެތި ބޭނުންކުރުމަށްފަހު ބަދުއަހުލާގީ އަމަލު ހިންގާފައިވާތީއާއި އަދި އެއަށްފަހު ޒުވާން އަންހެނަކު ވެއްޓުނު ހާދިސާއާއި ގުޅިގެން އެ ދެ މުއައްސަސާއިން ކަންތައްތައް ކޮށްފައިވާ ގޮތް އޮޅުންފިލުވުމަށް ހުށަހެޅި ހުށަހެޅުމެއް ކަމަށް މަޖިލީހުގައި މީކާއިލް ބުންޏެވެ.