ރައީސް އޮފީހުގެ މަގާމުން އިޒްދިޔާން ވަކިކޮށް ދާއޫދު މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑު ކޮށްފި

އައިޝަތު އީމާން | 2 ގަޑިއިރު ކުރިން - 24 އޭޕްރިލް 2025 11:41
ރައީސް އޮފީހުގެ ސެކްރެޓަރީ ފޮރ ސްޓްރެޓެޖިކް ކޮމިއުނިކޭޝަންސްގެ މަޤާމުގައި ހުންނެވި ދާއޫދު އަހްމަދު.
ރައީސް އޮފީހުގެ ސެކްރެޓަރީ ފޮރ ސްޓްރެޓެޖިކް ކޮމިއުނިކޭޝަންސްގެ މަޤާމުގައި ހުންނެވި ދާއޫދު އަހްމަދު.
ޚުލާސާ

މި ދެ މީހުންނަށް ފިޔަވަޅު އަޅާފައިވަނީ އަންހެން މިދިޔަ ހުކުރު ދުވަހުގެ ފަތިހު މަތީ އިމާރާތަކުން އަންހެން ކުއްޖެއް ވެއްޓުމާ ގުޅިގެން އެ މައްސަލަ ތަހުޤީގުކުރަމުންދާ ދަނޑިވަޅެއްގައި.

ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޮރ ސްޓްރެޓެޖިކް ކޮމިއުނިކޭޝަން މަގާމުގައި ހުންނެވި އިޒްދިޔާން މުހައްމަދު މައުމޫން މިއަދު އެ މަގާމުން ވަކިކޮށް އެ މަޤާމުގައި ހުންނެވި ދާއޫދު އަހްމަދު މުސާރަ ނުލިބޭގޮތަށް މަޤާމުން ސަސްޕެންޑުކޮށްފިއެވެ.

މި ދެމީހުންނަށް ފިޔަވަޅު އަޅާފައިވަނީ މިދިޔަ ހުކުރު ދުވަހު ފަތިހު ހިނގި ހާދިސާ އަކާއި ގުޅިގެން ފުލުހުން އޭނާގެ މައްސަލައެއް ތަހުގީގުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ދާދި ދެންމެއަކު ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ"ގެ ރައީސް ކަމުގެ މަގާމުން ވެސް ދާއޫދު ވަނީ ވަކިކޮށްފައިވާ ކަމަށެވެ. އެ މަގާމުން އޭނާ ވަކިކުރީ، އެ ކޮމިޓީއިން އިސްތިޢުފާ ދެއްވުމަށް ހުށަހަޅުއްވާފައި ވަނިކޮށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%