ތިނަދޫގެ 200 ހައުސިން ޔުނިޓް ދޫކުރުމުގެ މަސައްކަތް ސީދާ މިނިސްޓްރީގެ ބެލުމުގެ ދަށުން ދޫކުރަނީ

އަހްމަދު އީޒާން | 3 ގަޑިއިރު ކުރިން - 24 އޭޕްރިލް 2025 18:43
ސަރުކާރުން ގދ. ތިނަދޫގައި ކުރިން އިމާރާތްކޮށްފައިވާ ފްލެޓްތައް / ފޮޓޯ: އާރުޑީސީ
ސަރުކާރުން ގދ. ތިނަދޫގައި ކުރިން އިމާރާތްކޮށްފައިވާ ފްލެޓްތައް / ފޮޓޯ: އާރުޑީސީ
ޚުލާސާ

ހައުސިން މިނިސްޓްރީން ބުނީ ތިނަދޫ ސިޓީ ކައުންސިލުން އެ ހައުސިން ޔުނިޓްތައް ދޫކުރަން އިއުލާންކުރީ އާންމު އުސޫލާ ހިލާފަށް ކަމަށް.

ގދ. ތިނަދޫގެ 200 ހައުސިން ޔުނިޓް ދޫކުރުމުގެ މަސައްކަތްތައް ސީދާ މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރަން ހައުސިން މިނިސްޓްރީން މިއަދު ނިންމައިފި އެވެ.

ހައުސިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ ކޮންމެ ރައްްޔިތަކަށް ވެސް އަސާސީ ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށްވާއިރު, އެ ސިޔާސަތު ތަންފީޒުކުރުން މަތިކޮށްފައި ވަނީ އެ މިނިސްޓްރިއާއަށް ކަމަށެވެ. އެ މިނިސްޓްރީގެ މެންޑޭޓުގައި ރާއްޖޭގެ ހިޔާވަހިކަމާ ބެހޭ ގައުމީ ސިޔާސަތުގެ ދަށުން ހިޔާވަހިކަމުގެ ޕްރޮގްރާމް ރާވައި ހިންގުމާއި އެފަދަ ޕްރޮގްރާމްތަކުގެ މަސައްކަތްތައް ވިލަރެސްކުރުމާއި އެ ސިޔާސަތުގެ ދަށުން ކަނޑައެޅޭ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޮންމެ ރައްޔިތަކަށް ވެސް ދިރިއުޅުމަށް އެކަށޭނެ ފެންވަރުގެ ހިޔާވައްސެއް ލިބިދެވޭ ގޮތްތައް ރާވައި, އެކަމަށް މަގުފަހިކުރެވޭނެ ގޮތަށް ކަމާބެހޭ އުސޫލުތައް އެކުލަވާލައި ހިންގުން ހިމެނޭ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ދިވެހި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ދަށުން ހައުސިން ޔުނިޓްތައް ދޫކުރުމަށް އެކުލަވާލަން ޖެހޭ އުސޫލުތަކާއި މިންގަނޑުތައް އަބަދުވެސް ކަނޑައަޅަނީ އެ މިނިސްޓްރީން އެންޑޯސްކޮށް، ހުއްދަ ލިބިގެން ކަމުގައިވީ ނަމަވެސް، ތިނަދޫ ސިޓީ ކައުންސިލުން އެ އުސޫލާ ހިލާފަށް މިނިސްޓްރީގެ ހުއްދަ ނެތި ފްލެޓްތައް ދޫކުރަން މިދިޔަ ޖެނުއަރީ މަހުގެ 29 ގައި އިއުލާންކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

އެހެންކަމުން, އެ އިއުލާން ބާތިލުކުރުމަށް މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ސިޓީ ކައުންސިލަށް އަންގައިވާ ކަަމަށާއި ހައުސިން ޔުނިޓްތައް ލިބޭ މީހުން ކަނޑައެޅުމުގައި އަމަލުކުރާ ގޮތުގެ އުސޫލު އެންޑޯސްކުރުމަށް މިނިސްޓްރީއަށް ހުށަހެޅުމަށް ވެސް ސިޓީ ކައުންސިލަށް އަންގާފައިވާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ނަމަވެސް މިއަދާ ހަމައަށް ވެސް ތިނަދޫ ސިޓީ ކައުންސިލުން އެ އެންގުމާ އެއްގޮތަށް އަމަލުކޮށްފައި ނުވާ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި, އެއީ އެ މިނިސްޓްރީގެ ލަފަޔާއި އެންޑޯސްކުރުމަކާ ނުލައި ކޮށްފައިވާ އިއުލާނަކަށް ވާތީ، އެ އިއުލާނުގެ ދަށުން ކުރާ އެއްވެސް މަސައްކަތެއް މިނިސްޓްރީން ބަލައިނުގަންނާނެ އެވެ. އަދި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އިންސާފުވެރިކަމާއި ހަމަހަމަކަމާ އެކު، އެ ހައުސިން ޔުނިޓްތައް ލިބޭ މީހުން ކަނޑައެޅުމަށް އެކުލަވާލަން ޖެހޭ އުސޫލު ހަދައި، އެ ތަންތަން ދޫކުރުމުގެ މަސައްކަތް ވީ އެންމެ އަވަހަށް މިނިސްޓްރީން ކުރާނެ އެވެ. Thinadhoo ge 200 housing unit ah kurimathilaan hulhuvaali iulaan baathil kuran ministry in angaifi

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%