މޯލްޑިވްސް ޑިވްލޮޕްމަންޓް ބޭންކުގެ ބޯޑު މެމްބަރެއް އިސްތިއުފާދެއްވައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު(ޕީސީބީ)ން މިއަދު ބުނީ ޑިވެލޮޕްމެންޓް ބޭންކުގެ ބޯޑު މެމްބަރު ކަމުގެ މަގާމުގައި ހުންނެވި މއ. ވޭސައިޑް, 805 ފްލެޓް، އަހްމަދު އަލީ، އިއްޔެ, އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އޭނާގެ އިސްތިއުފާ ގަބޫލުކޮށް އެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.
މީގެކުރިން އެ ބޭންކުގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ނޮއެލް ގްރެގަރ ޕެޓަރސަން-ޖޯންސް ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް އުފެއްދުމުގެ މައިގަނޑު މަޤްޞަދަކީ ކުޑަ އިންޓަރެސްޓް ރޭޓެއްގައި ތަރައްޤީގެ މުހިންމު މަޝްރޫޢުތަކަށާއި އަމިއްލަ ބޮޑެތި އިންވެސްޓްމަންޓްތަކަށް ލޯނު ލިބޭނެ މަގު ތަނަވަސްކުރުމެވެ. މި ބޭންކު ރަސްމީކޮށް އިފްތިތާޙުކުރީ 2023 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 16 ވަނަ ދުވަހުއެވެ.