ހިންމަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

އަހްމަދު އީޒާން | 8 ދުވަސް ކުރިން - 20 އޭޕްރިލް 2025 14:52
ހިންމަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ / ފޮޓޯ: ޕޮލިސް
ހިންމަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ / ފޮޓޯ: ޕޮލިސް
ޚުލާސާ

ފުލުހުން ބުނީ މަސްތުވާތަކެތި ގެންގުޅެ, ބޭނުންކޮށް, އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް.

ކ. ހިންމަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ. 

ފުލުހުން ބުނީ މަސްތުވާތަކެތި ގެންގުޅެ, ބޭނުންކޮށް, އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިދިޔަ ބުދަ ދުވަހު ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ވަނީ ސ. ހިތަދޫ, ޑިވައިންޓެސްޓް، ބަދީއުއްޒަމާން, 41 އެވެ.

ފުލުހުން ބުނީ މާލެއިން ކ. ހިންމަފުއްޓަށް މަސްތުވާތަކެތި ގެންދަން އުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކޮށްފައި ވަނީ ބޮޑުތަކުރުފާނު މަގު އެމްއެމްއޭ ކައިރިން ކަމަށެވެ.

މި އޮޕަރޭޝަނުގައި އޭނާ ހުއްޓުވައި ބަލައި ފާސްކުރި އިރު, މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 52.32 ގްރާމް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

ފުލުހުން. ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%