މިޔަރެއް ހަމަލާދީ މަސްވެރިޔަކު ވަރަށް ބޮޑަށް ޒަޚަމްކޮށްލައިފި

އާނާ ފަހީމް | 5 ގަޑިއިރު ކުރިން - 19 އޭޕްރިލް 2025 13:51
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް/ ފޮޓޯ: އެމްޓީސީސީ
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް/ ފޮޓޯ: އެމްޓީސީސީ
ޚުލާސާ

ކުޅުދުއްފުށި ސިޓީ ކައިރީގައި މަސްވެރިކަން ކުރަމުންދިޔަ 30 އަހަރުގެ ފިރިހެނަކަށް މިޔަރެއް ހަމަލާދީ، އޭނާގެ ކޮނޑު ހުޅަށް ބޮޑެތި ޒަޚަމްތަކެއް ލިބިއްޖެ.

މިއަދު ހެނދުނު 7:00 ހާއިރު ހދ. ކުޅުދުއްފުށި ސިޓީ ކައިރީގައި މަސްވެރިކަން ކުރަމުންދިޔަ 30 އަހަރުގެ ފިރިހެނަކަށް މިޔަރެއް ހަމަލާދީ، އޭނާއަށް ބޮޑެތި ޒަޚަމްތަކެއް ލިބިއްޖެއެވެ. މި ހާދިސާގައި އެ މަސްވެރިޔާގެ ކޮނޑު ހުޅު ނެއްޓި، އަވަސް ފަރުވާ ދޭންޖެހިފައިވެއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން މަޢުލޫމާތު ދެއްވި ގޮތުގައި، މިޔަރު ހަމަލާ ދިނުމުގެ ސަބަބުން ޒަޚަމްވި މީހާގެ ކޮނޑު ހުޅު ނެއްޓުނު ނަމަވެސް، މިހާރު އަނބުރާ އަޅުވާ، ލޭ މަނާ ކުރެވިފައިވެއެވެ. އަދި އޭނާގެ ހާލަތު މިހާރު ސްޓޭބަލް ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ޒަހަމްވެފައިވާ މީހާ މާލެ ފޮނުވުމުގެ މަސައްކަތް ކުރުމަށް ވިސްނަމުންދާ ކަމަށާއި، ޕްލާސްޓިކް ސާރޖަންއަކަށް ރިފަރ ކުރަން ޖެހޭ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%