ރައްޔިތުންގެ މަޖިލީހުން އިސްރާއީލުގެ ޕާސްޕޯޓް މަނާކުރުމުން މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓި (އެމްޑީޕީ)ގެ ސަރުކާރުގެ ކުރީގެ ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް އެކަމަށް ތައުރީފް ކުރައްވައި ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓުގައި އެމްޑިޕީގެ ސަތުކާތެއްގައި އިސްރާއީލްގެ ޕާސްޕޯޓް މަނާކުރާނެ ކަމަށް ވިދާޅެއް ނުވިއެވެ.
މަހްލޫފަކީ އެމްޑީޕީގައި ތިބެނީ ލާދީނީ މީހުން ކަމަށާއި، އެ ޕާޓި އަކީ ލާދީނީ ފިކުރުގެ މައްޗަށް ބިނާވެފައިވާ ޕޓީއެއްކަމަށް ވިދާޅުވި ބޭފުޅެކެވެ. އެހެންކަމުން މަހްލޫފްގެ އެކްސްޕޯސްޓުގައި އެމްޑީޕީން އިސްރާއީލުގެ ޕާސްޕޯޓް މަނާކުރުމަށް ތާއަބަދު މަސައްކަތް ކުރާނެކަން ބަޔާން ކުރައްވާކަށް ކެރިވަޑައިނުގެން ވިދާޅުވީ، ރައްޖޭގެ މަޖިލީހުން މި ދައްކައިދިން ނަމޫނާ އެހެން ޤައުމުތަކުން ވެސް ދައްކާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
މަހްލޫފަކީ އެމްޑިޕީގައި މަސައްކަތް ކުރެއްވިޔަސް، އެޕާޓީގެ ލާދީނީ ފިކުރަށް ތާއީދުކުރައްވާ ބޭފުޅެއް ނޫނެވެ.
މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި މަހްލޫފް ވިދާޅުވީ، ކުޑަކުދިންނާއި ކުށެއްނެތް ފަލަސްތީނު މީހުން ޝަހީދުކުރުމަށްފަހު، ނިރުބަވެރި އިސްރާއީލުގެ ޕާސްޕޯޓް ހޯލްޑަރުންނަށް ރާއްޖެއަށް އެތެރެވުން މަނާކުރަން ރައްޔިތުންގެ މަޖިލީހުގެ އިއްތިފާގުން ފާސްވީތީ ވަރަށް އުފާކުރައްވާ ކަމަށެވެ.
"މިއީ ވަގުތީ ކަމަކަށް ވެގެން ނުވާނެ. އެފަދަ ނިރުބަވެރިން އުމުރަށް ރާއްޖެ ނާދެވޭގޮތަށް މަނާކުރަން ޖެހޭނެ،" މަހްލޫފް ވިދާޅުވިއެވެ. އަދި ރާއްޖެއިން ފަލަސްތީނަށް ތާއީދުކޮށް ނެގި މިފަދަ "ސްޓޭންޑް" އެހެން ޤައުމުތަކުން ވެސް ނަގާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ.
ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނަށް 3 ވަނަ އިސްލާހު ގެނައުމުގެ ބިލް މަޖިލީހުން ފާސްކުރީ މިއަދެވެ. މި ބިލުގެ މައިގަނޑު މަޤްޞަދަކީ އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ގަތުލުއާންމާ ދެކޮޅަށް ދިވެހިރާއްޖެއިން ފިޔަވަޅުއެޅުމެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި ބިލް ތަސްދީޤުކުރައްވާފައެވެ. މި ނިންމެވުމަކީ މީގެ ކުރިން އެއްވެސް ރައީސަކަށް ކެރިވަޑައިނުގެންނެވި ނިންމެވުމެއްކެވެ.
މި ޤާނޫނުގެ ދަށުން، އިސްރާއީލުގެ ޕާސްޕޯޓުގައި އިސްރާއީލުގެ ރައްޔިތުން ރާއްޖެއަށް އެތެރެވުން މަނާކުރެވޭނެއެވެ. އަދި އެހެން ޤައުމެއްގެ ޑުއަލް ސިޓިޒަނެއް ނަމަވެސް، އެއީ އިސްރާއީލުގެ މީހެއްކަން ފާޅުކަން ބޮޑު ގޮތެއްގައި އެނގޭނަމަ، އެ މީހަކު ރާއްޖެ ނުވައްދާނެއެވެ.