މަގުތައް ބަންދުކޮށްފައިވާތީ ތިންބަސް ސްޓޮޕް ދެންމެ ބަންދުކޮށްފި

އަހްމަދު އީޒާން | 5 ދުވަސް ކުރިން - 12 އޭޕްރިލް 2025 16:16
މާލެ ސަރަހައްދުގައި ދުއްވާ އެމްޓީސީސީގެ އާރުޓީއެލް ބަހެއް / ފޮޓޯ: އެމްޓީސީސީ
މާލެ ސަރަހައްދުގައި ދުއްވާ އެމްޓީސީސީގެ އާރުޓީއެލް ބަހެއް / ފޮޓޯ: އެމްޓީސީސީ
ޚުލާސާ

ހަވީރު 4ން 6 އަށް ބަންދުކޮށްފައިވަނީ ސެންޓްރޯ މޯލް ބަސް ސްޓޮޕާއި ހުޅުމާލެ ސިންތެޓިކް ޓްރެކް ބަސް ސްޓޮޕް އަދި ހުޅުމާލެ ޕޮލިސް ސްޓޭޝަން ބަސް ސްޓޮޕް

ހުޅުމާލޭގެ ތިން ބަސް ސްޓޮޕެއްގެ ހިދުމަތް ދެންމެ މެދުކަނޑަލައިފިއެވެ.

މާލެ ސަރަހައްދުގައި ބަހުގެ ހިދުމަތް ދޭ އެމްޓީސީސީން ވަނީ ދުރާލައި އެކަން އަންގައި އިޢުލާނެއް ވެސް ނެރެފައެވެ. އެ އިޢުލާނުގައި ބުނެފައިވަނީ މިއަދު ހަވީރު 4:00 އިން 6:00 އަށް ހުޅުމާލޭގެ ތިން ބަސް ސްޓޮޕެއްގެ ހިދުމަތް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

އެއީ، ސެންޓްރޯ މޯލް ބަސް ސްޓޮޕާއި ހުޅުމާލެ ސިންތެޓިކް ޓްރެކް ބަސް ސްޓޮޕް އަދި ހުޅުމާލެ ޕޮލިސް ސްޓޭޝަން ބަސް ސްޓޮޕެވެ. 

މި ބަސް ސްޓޮޕްތަކުގެ ހިދުމަތް މެދުކަނޑާލަނީ ހުޅުމާލެ ސެންޓްރަލް ޕާކުގެ ސަރަހައްދުގެ މަގުތައް އެ ވަގުތަށް ބަންދުކުރާ ގޮތަށް ހަމަޖެހިފައި ވާތީ ކަމަށް އެމްޓީސީސީން ބުންޏެވެ.

އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން އެމްޓީސީސީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުމަށް އެ ކުންފުނިން ވަނީ އެދިފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%