ރައީސްގެ ވަޢުދުގެތެރެއިން 5000 ފުލެޓަށް ފައިސާ ހަމަޖެހިއްޖެ

އުސްތާޛް މުޙައްމަދު ޢަލީ | 7 ދުވަސް ކުރިން - 10 އޭޕްރިލް 2025 13:52
ރައީސް ޑރ. މުޢިއްޒު: އެމަނިކުފާނުގެ އަމާޒަކީ 27000 އަށްވުރެ ގިނަ ފުލެޓް ރައްޔިތުންނަށްޓަކައި ޢިމާރާތްކޮށްދެއްވުން.
ރައީސް ޑރ. މުޢިއްޒު: އެމަނިކުފާނުގެ އަމާޒަކީ 27000 އަށްވުރެ ގިނަ ފުލެޓް ރައްޔިތުންނަށްޓަކައި ޢިމާރާތްކޮށްދެއްވުން.
ޚުލާސާ

ރައީސްގެ ބޯހިޔާވަހިކަމުގެ ތަސައްވުރު ޙަޤީޤަތަކަށް ވަނީ. 5،000 ފްލެޓަށް ސަރުކާރުން ފައިނޭންސް ހޯދަނީ ޗައިނާގެ ބޭންކަކުން.

ސަރުކާރުގެ ބޯހިޔާވަހިކަމާއި އިންފްރާސްޓްރަކްޗަރ މަޝްރޫއުތަކަށް އުފައްދާފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން 5000 ފުލެޓް އެޅުމަށް ބޭނުންވާ ފައިސާ ހަމަޖެހިއްޖެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ބޯހިޔާބަހިކަމުގެ ތަސައްވުރާއެކު މާލެ ސަރަހައްދުގައި 15،000 ފްލެޓް އަޅާނެއެވެ. މީގެތެރެއިން އިސްވެ ދެންނެވި 5000 ފުލެޓަށް ފައިނޭންސް ކުރަނީ ޗައިނާގެ ބޭންކަކުންނެވެ.

ލޯނު އެއްބަސްވުމުގެ ތަފްސީލުތައް މިހާރު ވަނީ ޢިމާރާތްކުރުމާބެހޭ މިނިސްޓްރީއަށް ހުށަހަޅާފައެވެ. އެ ރިޕޯޓް ފައިނަލް އެޕްރޫވަލް ކުރުމާއި ކޮންޓްރެކްޓް ސޮއި ކުރުމުގެ ކުރިން އިކޮނޮމިކް ކައުންސިލުން ރިވިއު ކުރާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ބޭނުންފުޅުވަނީ މުޅި ރާއްޖޭގައި 27،000 އަށް ވުރެ ގިނަ ހައުސިން ޔުނިޓް އެމަނިކުފާނުގެ މި ދައުރުގައި ޢިމާރާތްކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށެވެ.

ސަތޭކަ އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށްވާ އެފް.ޑީ.ސީ އިން ހުޅުމާލޭގައި 4000 ފްލެޓް ހަދަމުންދާއިރު 700 ފްލެޓް މިހާރު ވަނީ ނިންމައި ހަވާލުކޮށްފައެވެ.

5،000 ފްލެޓްގެ މި ލޯނު ޑީލަކީ ދުނިޔޭގެ މާލީ ގޮންޖެހުންތަކާ އެކު ވެސް ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގައި ވައުދުތައް ފުއްދަމުންދާ ކަމުގެ ހެއްކެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%