ލޯނެއް ނުދެއްކުމުން ހުޅުމާލޭގެ ފުލެޓެއް ނީލަމުގައި ވިއްކާލަނީ

އުސްތާޛް މުޙައްމަދު ޢަލީ | 7 ދުވަސް ކުރިން - 10 އޭޕްރިލް 2025 13:29
ހުޅުމާލޭގެ މަތިން ނަގާފައިވާ ފޮޓޯއެއް: ލޯނެއް ނުދެއްކިގެން، ރަހުނުކޮށްފައިވާ ހުޅުމާލޭގައި ހުރި ފުލެޓް ނީލަމުގައި ވިއްކާލަން އެޗްޑީއެފްސީން ނިންމައިފި.
ހުޅުމާލޭގެ މަތިން ނަގާފައިވާ ފޮޓޯއެއް: ލޯނެއް ނުދެއްކިގެން، ރަހުނުކޮށްފައިވާ ހުޅުމާލޭގައި ހުރި ފުލެޓް ނީލަމުގައި ވިއްކާލަން އެޗްޑީއެފްސީން ނިންމައިފި.
ޚުލާސާ

ވިއްކާލަން ނިންމާފައިވަނީ ހުޅުމާލެ ބިމުގެ ނަންބަރު 10661 (ވޯޓާލިލީ އެޕާޓްމަންޓްސް) ގެ ފްލެޓް ނަމްބަރު 01-03

ހުޅުމާލޭގައި ހުރި ފުލެޓެއް ރަހުނު ކުރުމަށްފަހު ލޯނެއް ނެގި މީހަކު އެ ލޯނު ދައްކާފައި ނުވާތީވެ އޭނާގެ ފުލެޓް ވިއްކާލަން ނިންމައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ދޫކޮށްފައިވާ ލޯނެއް ނުދެއްކުމުން، އެ ކުންފުނިން ވިއްކަން ހުޅުވާލާފައި ވަނީ ހުޅުމާލެ ބިމުގެ ނަންބަރު 10661 (ވޯޓާލިލީ އެޕާޓްމަންޓްސް) ގެ ފްލެޓް ނަމްބަރު 01-03 އެވެ. އެއީ 866 އަކަފޫޓުގެ ފްލެޓެއް ކަމަށާއި، މި ބީލަމުގައި ހުށަހެޅޭނެ އެންމެ ދަށް އަގަކީ 1.7 މިލިއަން ރުފިޔާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެޗްޑީއެފްސީން ބުނީ ފުލެޓް ގަތުމަށް އެދި ހުށަހެޅޭނީ މިމަހުގެ 24 ވަނަ ދުވަހުގެ މެންދުރު 1:30 ގެ ކުރިން ކަމަށާއި ބީލަން ސިޓީ ހުޅުވުން އޮންނާނީ އެ ކުންފުނި ހިންގާ ހ. މިއަލަނިގެ ތިން ވަނަ ފަންގިފިލާގަ އެވެ.

އެޗްޑީއެފްސީން ބުނި ނީލަން ނިންމާލާނީ ވިދިވިދިގެން ތިން ދުވަހު، ނީލަމުގެ އަގަށް ބަދަލެއް އައިސްފައި ނުވާނަމައެވެ. އަދި ކޮންމެ ދުވަހެއްގެ އެންމެ މަތީ އަގު އެ ކުންފުނީގެ ވެބްސައިޓާއި ނޯޓިސް ބޯޑުގައި ފެންނަން ހުންނާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ..

ވޯޓާ ލިލީ އެޕާޓްމެންޓެސްގެ ފްލެޓް ނަމްބަރު 01-03 އަށް އެންމެ މަތީ އަގު ހުށަހަޅާ ފަރާތުން 10 ދުވަހުގެ ތެރޭގައި އެ ފައިސާ ނުދައްކައިފި ނަމަ، އެ ހުށަހެޅުން ބާތިލުކޮށް، ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް ނީލަން ނިންމާލުމުގެ ނުވަތަ ނީލަން ބާތިލުކޮށް އަލުން ފެށުމުގެ ހައްގު ލިބިގެންވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%