ފާނަބަސަންދުގެ ކޭސްތައް އިތުރުވެއްޖެ

އަައިޝަތު ޒީނާ | 8 ދުވަސް ކުރިން - 10 އޭޕްރިލް 2025 08:53
ހަމުގައި ފެންއަރާފައި ހުން ބިހިތަކެއް ނެގުމަކީ ފާނަބަސަންދުގެ އަލާމާތެއް.
ހަމުގައި ފެންއަރާފައި ހުން ބިހިތަކެއް ނެގުމަކީ ފާނަބަސަންދުގެ އަލާމާތެއް.
ޚުލާސާ

އެޗްޕީއޭއިން ބުނީ ފާނަބަސަންދު ޖެހިގެން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މާލެ ސަރަޙައްދުގެ އިތުރުން ށ އަދި ރ އަތޮޅުން ކަމަށް.

ރާއްޖޭގައި ފާނަ ބަސަންދުގެ ކޭސްތައް އިތުރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މިއަހަރުގެ ފެބުރުވަރީ މަހާ އަޅާ ބަލާއިރު މާރިޗު މަހު ރިޕޯޓުކުރެވުނު ފާނަބަސަންދު ކޭސްތައް ކުއްލިއަކަށް ގިނަވެފައިވާ ކަމަށެވެ. އެގޮތުން ފެބުރުވަރީ މަހު ފާނަބަސަންދުގެ 190 ކޭސް ރިޕޯޓުކޮށްފައިވާއިރު، މާރިޗު މަހު 316 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ބުނީ ފާނަބަސަންދު ޖެހިގެން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މާލެ ސަރަޙައްދުގެ އިތުރުން ށ އަދި ރ އަތޮޅުން ކަމަށެވެ.

ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވީ ފާނަބަސަންދު ޖެހިގެން ކޮންމެ ދުވަހަކުވެސް ކުއްޖެއްވަރު ހޮސްޕިޓަލަށް އަންނަ ކަމަށެވެ.

މި ބައްޔަކީ ވަރަށް ފަސޭހައިން އެކަކު ގައިން އަނެކަކު ގަޔަށް ފެތުރޭ ބައްޔެކެވެ. މި ބަލި ޖައްސަނީ ހާރޕީޒް ވައިރަހުގެ އަށް ވައްތަރުގެ ތެރެއިން ވެރިސެލާ ޒޮސްޓަރ ވައިރަހުންނެވެ.

ފާނަބަސަންދުގެ އާންމު އަލާމާތްތައް

  1. ވަރުބަލިކަން އިހުސާސްކުރެވުން.
  2. ހުން އައުން.
  3. ކާހިތްނުވުން.
  4. ބޮލުގައި ރިއްސުން.
  5. ކެއްސުން.
  6. ކަރަށް ތަދުވުން.
  7. ބަނޑުގައި ރިއްސުން.
  8. ހަމުގައި ފެންއަރާފައި ހުން ބިހިތަކެއް ނެގުން.

ފާނަބަސަންދު ޖެހުނު ކަމަށް ޝައްކުކުރެވޭނަމަ، ވަގުތުން ޑޮކްޓަރަކަށް ދެއްކުމަށް ސިއްހީ މާހިރުން ލަފާދެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%