ރައީސްގެ އިރުޝާދާއެކު ބާއްވާ މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު އިތުރުކޮށްފި

އަހްމަދު އީޒާން | 8 ދުވަސް ކުރިން - 9 އޭޕްރިލް 2025 03:26
އެސްއެމްއީ ހަބް ކުދި ވިޔަފާރިތައް ހިންގާ މީހުންނާ މިނިސްޓަރު ސައީދު ބައްދަލުކުރެއްވުން. / ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
އެސްއެމްއީ ހަބް ކުދި ވިޔަފާރިތައް ހިންގާ މީހުންނާ މިނިސްޓަރު ސައީދު ބައްދަލުކުރެއްވުން. / ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
ޚުލާސާ

އިކޮނޮމިކް މިނިސްޓްރީން ބުނީ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިކުރުމުގެ ފުރުޞަތު މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިކުރުމުގެ ފުރުޞަތު އިތުރުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިކުރުމުގެ ފުރުޞަތު މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

އެ މައުރަޒުގައި ތަކެތި ބައިވެރިކުރުމަށް އީފާސް އިން ލޮގިންވެގެން ވަންގަވްގައި އެކަމަށް ޚާއްސަކޮށްފައިވާ ފޯމް ފުރިހަމަ ކުރުމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާ އެ މައުރަޒުގެ މަޤްސަދަކީ މަސައްކަތްތެރިންގެ ހުނަރު ކުރިއަރުވައި ތަރައްޤީކުރުމަށް ބާރުއަޅައި، ދިވެހިންގެ ހުނަރުވެރި އުފެއްދުންތައް އެއްތާކުން ފެންނާނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ.

މީގެ އިތުރުން ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތަކާއި ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ވެސް މުނިފޫހިފިލުވުމުގެ ގޮތުން ބައިވެރިވެވޭނެ ގިނަ ހަރަކާތްތަކެއް އެ މައުރަޒާއެކު ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އީޖާދީ ގޮތުން ކުރިއަރާފައިވާ ބޭރުގެ ގިނަ ޤައުމުތަކުގެ އުފެއްދުންތައް ވެސް އެ މައުރަޒުގެ އެކި ޑިސްޓްރިކްޓްތަކުން ފެންނާނެ ކަމަށެވެ.

އަންނަ މަހު 23 އިން 31 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އެ މައުރަޒު އިންތިޒާމްކޮށް ހިންގުމަށް ހަމަޖެހިފައިވަނީ އިކޮނޮމިކް މިނިސްޓްރީ އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ގުޅިގެންނެވެ.

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވެބްސައިޓް އިފްތިތާޙުކޮށް، މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%