ހޯނޑެއްދޫގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސް ނިންމަވައިފި

އައިޝަތު ރުވާ ރިފްޢަތު | 1 ދުވަސް ކުރިން - 17:34
ރައީސް ހޯނޑެއްދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން / ފޮޓޯ: ރައީސް އޮފީސް
ރައީސް ހޯނޑެއްދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި ނިންމެވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، އިންޓަގްރޭޓަޑް ޓޫރިޒަމަށް ހުވަދުއަތޮޅު ދެކުނުބުރީ ކަޑެވާރެހާ ތަރައްޤީކުރުމަށްޓަކައި ގެނެވުނު ބަދަލެއް.

ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް މުހިންމު ބަދަލު ގެނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މި ބަދަލާއެކު، ގދ. ކަޑެވާރެހާ ވަނީ ހޯނޑެއްދޫގެ އިޚްތިޞާޞުން ވަކިކުރެވިފައެވެ.

މި ނިންމެވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، އިންޓަގްރޭޓަޑް ޓޫރިޒަމަށް ހުވަދުއަތޮޅު ދެކުނުބުރީ ކަޑެވާރެހާ ތަރައްޤީކުރުމަށްޓަކައި ގެނެވުނު ބަދަލެކެވެ. މި ބަދަލު ގެނެވިފައިވަނީ ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 56-1 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

އެ މަނިކުފާނު މިއަދު ނެރުއްވި، މިއަދު ނެރުއްވި ނަންބަރު 10/2025 ވަނަ ޤަރާރުގައިވާ ގޮތުން، ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓެއް ވަނީ ޤަރާރާއެކު ޖަދުވަލުކުރެވިފައެވެ. މި ޤަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިޢުކުރެވިފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%