ސިހުރު ހަދާ ކަމަށް ތުހުމަތުވާ މީހަކު ހޯރަފުށިން ހައްޔަރުކޮށްފި

އަހްމަދު އީޒާން | 23 ގަޑިއިރު ކުރިން - 11:47
ސިހުރު ހަދާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ / ފޮޓޯ: ޕޮލިސް
ސިހުރު ހަދާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ / ފޮޓޯ: ޕޮލިސް
ޚުލާސާ

ސިހުރު ހަދާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ، ތިބުރޯޒުގެ, ވ. ކެޔޮދޫ، މުހައްމަދު އަބްދުލްކަރީމް, 34އ.

ސިހުރު ހަދާ ކަމަށް ތުހުމަތުވާ މީހަކު ހއ. ހޯރަފުށިން ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހޯރަފުށީގައި ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ސިހުރު ހަދާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ، ތިބުރޯޒުގެ, ވ. ކެޔޮދޫ، މުހައްމަދު އަބްދުލްކަރީމް, 34 އެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ މި މަހުގެ ދެވަނަ ދުވަހު ހޯރަފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މި މައްސަލައާ ގުޅިގެން މުހައްމަދު އަބްދުލްކަރީމްގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ހޯރަފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް އޭނާ ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަ ހޯރަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%