ރަސްދޫގައި ފިހުނު މީހާ ވެންޓިލޭޓަރުން ނަގައިފި

އުސްތާޛް މުޙައްމަދު ޢަލީ | 1 ދުވަސް ކުރިން - 10:51
އައި.ޖީ.އެމް.އެޗް: ރަސްދޫގައި ފިހުނު މީހާގެ ހާލު ކުރިޔަށްވުރެ ރަނގަޅު ކަމަށް އެ ހޮސްޕިޓަލުން ބުނޭ.
އައި.ޖީ.އެމް.އެޗް: ރަސްދޫގައި ފިހުނު މީހާގެ ހާލު ކުރިޔަށްވުރެ ރަނގަޅު ކަމަށް އެ ހޮސްޕިޓަލުން ބުނޭ.
ޚުލާސާ

31 އަހަރުގެ ފިރިހެން މީހާ ވެންޓިލޭޓަރުން ނަގާފައިވާ ކަމަށާއި ނަމަވެސް އޭނާއަށް އަދިވެސް ފަރުވާ ދެމުންދަނީ އައިސީޔޫގަ.

އއ. ރަސްދޫގައި ހުސްވި މަހު ފަހުކޮޅު ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ފިރިހެން މީހާ ވެންޓިލޭޓަރުން ނަގައިފި ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ. 

އެ ހާދިސާގައި ފިހުނު އަންހެންމީހާ ވަނީ ހާސިސާ ހިނގިތާ 7 ވަނަ އަށްވީ ދުވަހު މަރުވެފައެވެ.

އައިޖީއެމްއެޗް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ވިދާޅުވީ 31 އަހަރުގެ ފިރިހެން މީހާ ވެންޓިލޭޓަރުން ނަގާފައިވާ ކަމަށާއި ނަމަވެސް އޭނާއަށް އަދިވެސް ފަރުވާ ދެމުންދަނީ އައިސީޔޫގައެވެ.

ރަސްދޫގައި މި ހާދިސާ ހިނގީ މިދިޔަ މަހުގެ 24 ގައި އެދެމީހުން ނިދާ ކޮޓަރީގައެވެ. އެދެމީހުންގެ ފަސްއަހަރުގެ ދަރިއެއް ވެސް ހުރެއެވެ.

ފުލުހުން އަދިވެސް ދަނީ މި ހާދިސާ ތަހުގީގުކުރަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%