އައްޑޫ ސިޓީ އާރިކިޅި ތެރެއިން މަރުވެފަައި އޮތް ބިދޭސީއަކު ފެނިއްޖެ

ހުސައިން އިސްމާއިލް | 26 ދުވަސް ކުރިން - 2 އޭޕްރިލް 2025 11:50
މިއަދު އާރިކިޅި ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާ / ފޮޓޯ: ސޯޝަލް މީޑީއާ
މިއަދު އާރިކިޅި ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާ / ފޮޓޯ: ސޯޝަލް މީޑީއާ
ޚުލާސާ

އެ މީހާ މަރުވެފައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ މިއަދު ހެނދުނު 9:33 ގައި.

އައްޑޫ ސިޓީ އާރިކިޅި ތެރެއިން މަރުވެފަައި އޮތް ބިދޭސީއަކު މިއަދު ފެނިއްޖެ އެވެ. 

ފުލުހުން ބުނީ އާރިކިޅި ތެރެއިން މީހަކު ފެނިގެން އެ އިދާރާއަށް ރިޕޯޓުކުރީ މިއަދު ހެނދުނު 9:33 ހާއިރު ކަމަށެވެ.

އެ މީހާއާއި ބެހޭ އިތުރު މަޢުލޫމޓެއް (ވަނަވަރު) އަދި ހާމައެއް ނުކުރެއެވެ.

އެ މީހާ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%