މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. މަޑުއްވަރިއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ އައިޝަތު ނަޝާޔާއެވެ.
މަޑުއްވަރީ ކޯޓުން ނެރުނު ބުނީ ނަޝާޔާގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅުމުގެ ތުހުމަތު ކަމަށެވެ.
ކޯޓުން ވަނީ ނަޝާޔާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ. އޭނާއަކީ ކުރިންވެސް ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށް ކޯޓު ޢަމުރުގައި ބުނެފައިވެއެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި މީގެ ކުރިންވެސް ނަޝާޔާ ހައްޔަރުކޮށްފައިވެއެވެ. އަދި ކޯޓުން ބަލަމުންދިޔަ މައްސަލައަކާ ގުޅިގެން އޭނާ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމުގެ ޢަމުރެއްވެސް މީގެ ކުރިން ނެރެފައިވެއެވެ.