ޤައުމުގެ ސުލްހަމަސަލަސްކަން ދެމެހެއްޓުމަށް ކުރިއަށްގެންދާ މަޝްރޫޢުތަކަށް އެންމެ މަދުވެގެން 100 މިލިއަން ޑޮލަރު ޚަރަދުކުރަން ޖެހޭގޮތަށް ރައީސް ބަދަލުކުރައްވައިފި

އަައިޝަތު ޒީނާ | 1 ދުވަސް ކުރިން - 18:29
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު. / ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

އެފަދަ މަޝްރޫޢުތަކަށް އެންމެ މަދުވެގެން ޚަރަދުކުރަންޖެހޭނޭ މިންވަރު ކަމަށް ކުރިން ކަނޑައަޅައިފައިވަނީ ފަނަރަ މިލިއަން ޑޮލަރު.

ޤައުމުގެ ސުލްހަމަސަލަސްކަން ދެމެހެއްޓުމަށް ކުރިއަށްގެންދާ މަޝްރޫޢުތަކަށް އެންމެ މަދުވެގެން 100 މިލިއަން ޑޮލަރު ޚަރަދުކުރަން ޖެހޭގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބަދަލުކުރައްވައިފިއެވެ.

އެމަނިކުފާނު މި ބަދަލު ގެންނަވާފައިމިވަނީ ދައުލަތުގެ ޢާންމު މަންފާއަކަށްޓަކައި ހިންގާނޭ މުހިންމު މަޝްރޫޢުތައް ކަނޑައެޅުމަށް އެކަށައަޅުއްވައިފައިވާ ނަންބަރު 6/2025 ޤަރާރު އަލުން އެކަށައަޅުއްވައިގެންނެވެ.

އެ ޤަރާރުގެ ޖަދުވަލު 13 ގައި ބަޔާންކުރާ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ޙިމާޔަތްކޮށް ރައްކައުތެރިކުރުމަށާއި، ޤައުމުގެ ސުލްޙަމަސަލަސްކަން ދެމެހެއްޓުމަށްޓަކައި ކުރިޔަށް ގެންދިޔުމަށް ރާވައިފައިވާ މަޝްރޫޢުތަކަށް އެންމެ މަދުވެގެން ޚަރަދުކުރަންޖެހޭނޭ މިންވަރު، ސަތޭކަ މިލިއަން ޑޮލަރަށް ވަނީ ބަދަލުކުރައްވާފައެވެ. އެ ޤަރާރުގެ ޖަދުވަލު 13 ގައި ބަޔާންކުރާ މަޝްރޫޢުތަކަށް އެންމެ މަދުވެގެން ޚަރަދުކުރަންޖެހޭނޭ މިންވަރު ކަމަށް ކުރިން ކަނޑައަޅައިފައިވަނީ ފަނަރަ މިލިއަން ޑޮލަރެވެ.

މި ޤަރާރުގެ ޖަދުވަލުގައި، މަތީގައި ބަޔާންވެދިޔަ ސިޔާސަތުގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅުއްވައިފައިވާ މަޝްރޫޢުތަކާއި، އެ މަޝްރޫޢުތައް ހިންގުމަށް ނިންމަވައިފައިވާ ސަރަޙައްދު އަދި މަޝްރޫޢުތަކަށް އެންމެ މަދުވެގެން ޚަރަދުކުރަންޖެހޭނެ މިންވަރު ވަނީ ބަޔާންކުރައްވާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%