ކާށިދޫ ފަޅުގައި ރިސޯޓު ހަދައިދޭނެ ބަޔަކު ހޯދުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން އިޢުލާނުކޮށްފިއެވެ.
އެ ވުޒާރާއިން ކުރި އިޢުލާނުގައިވާގޮތުން ކާށިދޫ ފަޅުގެ 10 ހެކްޓަރުގެ ސަރަޙައްދެއްގައި ރިސޯޓު ހެދުމަށް ކަނޑައަޅާފައިވާއިރު، އެތަނުގައި ރިސޯޓު ހެދުމަށް އެންމެ ދަށްވެގެން ލޭންޑް އެކުއިޒިޝަން ކޯސްޓެއްގެ ގޮތުގައި 2.2 މިލިއަން ޑޮލަރު (34 މިލިއަން ރުފިޔާ) ހުށަހަޅަން ޖެހެއެވެ.
ކާށިދޫ ފަޅުގައި ރިސޯޓު ހެދުމަށް މީގެ ކުރިންވެސް ދެފަހަރަކު އިޢުލާނުކޮށްފައިވެއެވެ.
މި ރިސޯޓު ހެދުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޖޫން 5 ވަނަ ދުވަހު ބީލަން ހުށަހަޅަން ޖެހޭނެއެވެ.
މިވަގުތު ރާއްޖޭގައި 180 ރިސޯޓު ހިންގަމުންދާއިރު، ރާއްޖޭގައި ޓޫރިޒަމް ޚިދުމަތްދޭ ތަންތަނުގެ ބެޑް ކެޕޭސިޓީގެ %70 ނިސްބަތްވަނީ ރިސޯޓުތަކަށެވެ.