ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޢީދު ސަލާންކުރައްވައިފި

ހުސައިން އިސްމާއިލް | 2 ދުވަސް ކުރިން - 14:53
މިއަދު މުލިއާގޭގައި އޮތް ޢީދުސަލާންކުރެއްވުމުގައި ނައިބުރައީސް، ރައީސްއާއި ސަލާންކުރައްވަނީ.
މިއަދު މުލިއާގޭގައި އޮތް ޢީދުސަލާންކުރެއްވުމުގައި ނައިބުރައީސް، ރައީސްއާއި ސަލާންކުރައްވަނީ.
ޚުލާސާ

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެ، މުލީއާގޭގައި ބޭއްވުނު މި ސަލާންކުރެއްވުން ކުރިއަށްދިޔައީ ހެނދުނު 9:00 އިން 11:00 އަށް.

ފިޠުރު ޢީދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، މިއަދު ހެނދުނު ޢީދު ސަލާން ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެ، މުލީއާގޭގައި ބޭއްވުނު މި ސަލާންކުރެއްވުން ކުރިއަށްދިޔައީ ހެނދުނު 9:00 އިން 11:00 އަށެވެ. މި ސަލާންކުރެއްވުމުގައި ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ސިޔާސީ ޕާޓީތަކުގެ އިސްވެރިން، ސްޓޭޓް މިނިސްޓަރުން، ރާއްޖޭގައި ތިއްބެވި ބޭރު ދައުލަތްތަކުގެ ސަފީރުން އަދި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދުގެ ޢީދުސަލާން ކުތެއްވުމުގައި ދިފާޢީ ވަޒީރު ޣައްސާން މައުމޫން ރައީސްއާއި ސަލާން ކުރައްވަނީ.

މީގެ އިތުރުން، ގިނަ ޢަދަދެއްގެ އާންމު ރައްޔިތުންނާއި ޢާއިލާތަކުންވެސް ޢީދުގެ ސަލާން ކުރެއްވުމުގައި ބައިވެރިވެފައިވާކަން ފާހަގަކުރެވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ މި ސަލާންކުރުމުގައި ބައިވެރިވުމަށް ދިވެހި ރައްޔިތުންނަށް ދަޢުވަތު އަރުވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޢީދުސަލާން ކުރެއްވުން.

މިއީ ޢީދުގެ އުފާވެރިކަން ހިއްސާކުރުމާއި، ޤައުމީ އެއްބައިވަންތަކަން އާލާކުރުމަށް މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ މިދިޔަ އަހަރުވެސް ފިޠުރު ޢީދު ދުވަހު ޢީދު ސަލާންކުރެއްވުން ކުރިއަށް ގެންދަވާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%