ކިޔަވައިދޭ ގަޑިތައް ނުގެއްލޭގޮތަށް، ކުރިއަށްއޮތް ކޮންމެ އަހަރަކުވެސް މުޅި ރަމަޟާން މަސް އެއްކޮށް ސްކޫލު ޗުއްޓީކަމުގައި ހަމަޖެއްސުމަށް ބައްލަވަމުންދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު "ރައްޔިތުންނާ އެކު" މިނަމުގައި ކުރިއަށްގެންދިޔަ ޕޮޑްކާސްޓެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިކަމާ ގުޅޭގޮތުން މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ އިސްމާޢީލް ޝަފީޢު އަށް ވަނީ އަންގަވާފައިކަމަށެވެ.
ރައީސް ވިދާޅުވީ، މިއަހަރު ރަމަޟާން މަހު މުޅި މަސް ސްކޫލުތައް ބަންދުކުރުމާ ގުޅިގެން ގިނަ ބެލެނިވެރިންގެ ފަރާތުން އެކަމަށް އެދެވޭ، ރަނގަޅު ޚިޔާލުތަކެއް ލިބިވަޑައިގެންފައިވާ ކަމަށެވެ އަދި މިއީ ގިނަ ބެލެނިވެރިން އެދޭކަމެއްކަން ފާހަގަކުރައްވައި، ކުރިއަށްއޮތް އަހަރުތަކުގައިވެސް މިކަމަށް މަގުފަހިކޮށްދެއްވުމަށް މަސައްކަތް ކުރައްވާކަމުގައި ރައީސް ވިދާޅުވިއެވެ.
ރަމަޟާން މަހު ސްކޫލުތައް ބަންދުކުރުމުގެ ފައިދާތަކުގެ ތެރޭގައި، ދަރިވަރުންނާއި ބެލެނިވެރިންނަށް އަޅުކަމުގައި ވަގުތު ހޭދަކުރުމަށް މަގުފަހިވެގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.