ދުންފަތުގެ ވަބާއިން ޒުވާނުން ސަލާމަތްކުރުމަށް ރައީސް މުއިއްޒު އާ ފިޔަވަޅެއް އަޅުއްވަން ނިންމަވައިފި

ހުސައިން އިސްމާއިލް | 3 ދުވަސް ކުރިން - 14:01
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ފެއްޓެވި ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަނީ: (ސްކްރީންޝޮޓއް)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ފެއްޓެވި ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަނީ: (ސްކްރީންޝޮޓއް)
ޚުލާސާ

“ޖެނެރޭޝަން ބޭން”ގެ ނަ،ުގައިނރައީސް އަޅުއްވަން ނިންމަވާފައިވާ ފިޔަވަޅާއެކު 18 އަހަރު ފުރިގެން ދުންފަތުގެ ތެރެއަށްދާ ކުދިން އެ ކަމުން އިރާދަކުރެއްވިއްޔާ ދުރުކޮށްދޭނެ.

https://youtu.be/jD1auQHTtXI

ރާއްޖޭގެ ޒުވާނުން ދުންފަތުގެ ނުރައްކާތެރި ވަބާއިން ސަލާމަތްކުރުމަށްޓަކައި 'ޖެނެރޭޝަން ބޭން' ގެ ނަމުގައި އައު ފިޔަވަޅުތަކެއް އަޅުއްވަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާނުކުރައްވައިފިއެވެ.

މިއަދު ރައީސް އަލަށް ފައްޓަވާފައިވާ 'ރައްޔިތުންނާ އެކު' ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން، މި ފިޔަވަޅުތަކުގެ މައިގަނޑު މަޤްޞަދަކީ ޚާއްޞަކޮށް ޒުވާން ކުދިން ދުންފަތުގެ އިސްތިޢުމާލުކުރަން ފެށުމުން ދުރުހެލިކުރުވުން ކަމަށް ވިދާޅުވިއެވެ.

"18 އަހަރު ފުރިގެން އެ ކަމުގެ ތެރެއަށް މި ދާ ކުދިން އެ ކަމުން ދުރުކޮށްދީ އެ ކުދިންގެ މުޅި ހަޔާތް އެ ކަމުން ސަލާމަތްކޮށްދީ ދުރުގައި ތިބެން ބާރުއެޅޭނެ ގޮތްތަކެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަމަޖައްސާނަން،" ރައީސް ވިދާޅުވިއެވެ.

މި އައު ފިޔަވަޅުތަކަކީ ދުންފަތާއި ދެކޮޅަށް ސަރުކާރުން މިހާތަނަށް އަޅުއްވާފައިވާ ފިޔަވަޅުތަކުގެ އިތުރު ފިޔަވަޅުތަކެކެވެ. މީގެ ކުރިން ސަރުކާރުން ވަނީ ސިނގިރޭޓުން ނަގާ ޑިއުޓީ ދެގުނަ ކުރައްވައި އަދި ވޭޕް ބޭނުންކުރުން ވެސް އެއްކޮށް މަނާކުރައްވާފައެވެ.

ރައީސްގެ މި އިސްނެންގެވުމަކީ ދިވެހި ޒުވާނުންގެ ދުޅަހެޔޮ ސިއްޙަތާއި ފުރާނަ ސަލާމަތްކުރުމަށް އަޅުއްވާ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް މިއަދު ރައްޔިތުން ދަނީ ބުނަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%