މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން އިއްޔެ 187 ކޮންޓެއިނަރުގެ މުދާ ކްލިއަރ ކޮށްފިއެވެ.
އެ ކުންފުނިން ޢާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޖުމްލަ 276 ޓީއީޔޫ (ޓްވެންޓީ-ފޫޓް އިކުއިވަލަންޓް ޔުނިޓްސް) ޕްރޮސެސް ކޮށްފައި ވެއެވެ. މީގެ ތެރޭގައި ވިހި ފޫޓުގެ 98 ކޮންޓެއިނަރާއި ސާޅީސް ފޫޓުގެ 89 ކޮންޓެއިނަރ ހިމެނެއެވެ.
އެމްޕީއެލްއިން ޢާންމުކޮށްފައިވާ މަޢުލޫމާތުން އެނގޭގޮތުގައި ފަސޭހައިން ހަލާކުވާ ޒާތުގެ ކާބޯތަކެތީގެ ތެރެއިން އެންމެ ގިނައިން އިއްޔެ ކްލިއަރ ކޮށްފައި ވަނީ 3,333 ޕެކެޖް ކަރާ އެވެ.
މިއީ ބާޒާރުގައި ކަރާގެ އަގު ބޮޑުވެފައިވާ ދުވަސްވަރަކަށްވެފައި މި އައު ޝިޕްމެންޓުގެ ސަބަބުން ކަރާގެ އަގު ތިރިވުން އެކަށީގެންވެއެވެ.
އެމްޕީއެލުން ޢާންމުކުރި މަޢުލޫމާތުގައި ވާގޮތުން ދެން އެންމެ ގިނައިން ކްލިއަރ ކޮށްފައިވަނޯ ބިސް، ފިޔާ، ދޮންކެޔޮ އަދި އަލުވި އާއި ޓޮމާޓޯއެވެ.
މީގެ އިތުރުން ފަޅޯ، މިރުސް، އަނބު އަދި ތަރުކާރީވެސް ވަނީ އިއްޔެ އިމްޕޯޓް ކްލިއަރ ކޮށްފައެވެ.