ރެޕާ ޓްރެވިސް ސްކޮޓް ފުރަތަމަ ފަހަރަށް އިންޑިއާގައި ޕާފޯމްކުރަނީ

އައިޝަތު ރުވާ ރިފްޢަތު | 4 ދުވަސް ކުރިން - 19:29
އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ރެޕާ ޓްރެވިސް ސްކޮޓް.
އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ރެޕާ ޓްރެވިސް ސްކޮޓް.
ޚުލާސާ

"ސާކަސް މެކްސިމަސް ޓުއާ 25" ގެ ނަމުގައި ކުރިއަށްދާ މި ޓުއާގައި އިންޑިއާގެ އިތުރުން އެފްރިކާ، ދެކުނު ކޮރެއާ، ޗައިނާ އަދި ޖަޕާނުގައި ވެސް ޕާފޯމްކުރާނެ.

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ރެޕާ ޓްރެވިސް ސްކޮޓް ފުރަތަމަ ފަހަރަށް އިންޑިއާގައި ޕާފޯމްކުރާގޮތަށް ހަމަޖެހިއްޖެއެވެ.

މި އަހަރުގެ އޮކްޓޫބަރު މަހު އިންޑިއާއަށް ކުރާ ފުރަތަމަ ދަތުރު އިޢުލާނުކޮށްފައިވާ ޓްރެވިސް ސްކޮޓް، އޭނާގެ "ސާކަސް މެކްސިމަސް ވޯލްޑް ޓުއާ" ގެ ދަށުން އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހު ދިއްލީގެ ޖަވާހަރްލާލް ނެހްރޫ ސްޓޭޑިއަމްގައި ޕާފޯމްކުރާނެއެވެ.

އިންސްޓަގްރާމްގައި ޓްރެވިސް ވަނީ އޭނާގެ ކުރިއަށް އޮތް އޭޝިއާ ދަތުރު އިޢުލާނުކުރާ ޕޯސްޓަރެއް ޝާއިޢުކޮށްފައެވެ. "ސާކަސް މެކްސިމަސް ޓުއާ 25" ގެ ނަމުގައި ކުރިއަށްދާ މި ޓުއާގައި އިންޑިއާގެ އިތުރުން އެފްރިކާ، ދެކުނު ކޮރެއާ، ޗައިނާ އަދި ޖަޕާނުގައި ވެސް ޕާފޯމްކުރާނެއެވެ.

ގިނަ އެވޯޑްތަކެއް ހާސިލްކޮށްފައިވާ ޓްރެވިސް ސްކޮޓަކީ މެރޫން 5، ކޯލްޑްޕްލޭ، އެލަން ވޯކާ، ގްރީން ޑޭ އަދި ޝޯން މެންޑޭސްއަށް ފަހު، އިންޑިއާގައި ސްޓޭޖަށް ނުކުންނާނެ އެންމެ ފަހުގެ ބައިނަލްއަޤްވާމީ އާޓިސްޓެވެ. އޭނާގެ ސިގްނޭޗަރ ސައިކެޑެލިކް ބީޓްސް އާއި އިމަރސިވް ސްޓޭޖް ޕްރޮޑަކްޝަންތަކާ އެކު ޒަމާނީ ހިޕް ހޮޕް އަލުން މާނަކުރުމުގެ ކްރެޑިޓް ގިނަ ފަހަރަށް އޭނާއަށް ލިބެއެވެ. މި ޝޯގައި އޭނާގެ އެންމެ ފަހުގެ އަލްބަމް "ޔޫޓޯޕިއާ" ގެ ލަވަތައް ވެސް ކިޔާނެ ކަމަށް ބެލެވެއެވެ.

މި ޓުއާ ޕްރޮމޯޓްކޮށްފައިވަނީ "ބުކްމައިޝޯ ލައިވް" އިންނެވެ.

މީގެ އިތުރުން، އެމެރިކާގެ މަޝްހޫރު ހާޑް ރޮކް ބޭންޑް ކަމަށްވާ ގަންސް އެން ރޯސެސް ވެސް ވަނީ "ދަ ގަންސް އެން ރޯސަސް އިންޑިއާ 2025 ޓުއާ" ގެ ނަމުގައި 12 އަހަރަށް ފަހު އިންޑިއާގައި ޕާފޯމްކުރާނެ ކަމަށް މި މަހުގެ ކުރީކޮޅު އިޢުލާންކޮށްފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%