15 އަހަރުގެ ހުއްޓުމަކަށްފަހު ނިއުޒިލޭންޑުގެ ގައުމީ ފުޓްބޯޅަ ޓީމު "އޯލް ވައިޓްސް" 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެއެވެ.
ނިއު ޒީލެންޑުން އޯޝޭނިއާ ކޮލިފައިންގ ފައިނަލްގައި ނިއު ކެލިޑޯނިއާއާ ކުރިމަތިލައި 3-0 ން މޮޅުވެ، އޯލް ވައިޓްސް ވަނީ ވޯލްޑް ކަޕަށް ކޮލިފައިވެފައެވެ. މި މެޗު ބަލަން 25،000 އަށް ވުރެ ގިނަ ސަޕޯޓަރުން ވަނީ ސްޓޭޑިއަމަށް ޖަމާވެފައެވެ.
މިއީ އޯލް ވައިޓްސް ވޯލްޑް ކަޕްގައި ކުޅޭ ތިންވަނަ ފަހަރެވެ. މީގެ ކުރިން އޯލް ވައިޓްސް ވަނީ 1982 އަދި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ބައިވެރިވެފައެވެ.
އޯލް ވައިޓްސްގެ ކާމިޔާބީގައި ޓީމުގެ ކެޕްޓަން ކްރިސް ވުޑްގެ ދައުރު ފާހަގަކޮށްލެވެއެވެ. ނޮޓިންގަމް ފޮރެސްޓް އާއެކު އިނގިރޭސި ޕްރިމިއަރ ލީގުގައި ރަނގަޅު ފޯމެއްގައި ހުރި ވުޑް ވަނީ އޯލް ވައިޓްސް އަލުން ވޯލްޑް ކަޕަށް ގެނައުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.
2026 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ 48 ޓީމު ބައިވެރިވާ ފުރަތަމަ ވޯލްޑް ކަޕެވެ. މިގޮތަށް ޓީމުތަކުގެ އަދަދު އިތުރުކުރުމާއި ގުޅިގެން ގިނަ ގައުމުތަކަކަށް ވޯލްޑް ކަޕުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އޯލް ވައިޓްސްގެ އަމާޒަކީ މި ވޯލްޑް ކަޕުގައި ރަނގަޅު ނަތީޖާއެއް ހޯދުމެވެ.