300 އަށްވުރެ ގިނަ ފަތުރުވެރިންނާއެކު 7 ވަނަ ކްރޫޒްލައިނަރ ރާއްޖެ އައިސްފި

ހުސައިން އިސްމާއިލް | 6 ދުވަސް ކުރިން - 13:35
އިއްޔެ ރާއްޖެ އައި ކްރޫޒްލައިނަރ: މިއަހަރު ބައިމިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފި.
އިއްޔެ ރާއްޖެ އައި ކްރޫޒްލައިނަރ: މިއަހަރު ބައިމިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފި.
ޚުލާސާ

ލަންކާގެ ކޮލޮމްބޯއިން އިއްޔެ އައި މިއަހަރުގެ 7 ވަނަ ކްރޫޒްލައިނަރުގައި 307 ފަތުރުވެރިން އަދި 477 ކްރޫ މެންބަރުން ތިބި.

މިއަހަރުގެ ހަތްވަނަ ކްރޫޒްލައިނަރ "އެމްއެސް ކްރިސްޓަލް ސިންފޮނީ" 300 އަށްވުރެ ގިނަ ފަތުރުވެރިންނާއެކު ރާއްޖެ އައިސްފިއެވެ. މި ކްރޫޒްލައިނަރ ރާއްޖެއަށް އައިސްފައިވަނީ އިއްޔެއެވެ.

ލަންކާގެ ކޮލޮމްބޯއިން އައި މި ކްރޫޒްލައިނަރުގައި 307 ފަތުރުވެރިން އަދި 477 ކްރޫ މެންބަރުން ތިބި ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

މިއީ "އެމްއެސް ކްރިސްޓަލް ސިންފޮނީ" މިއަހަރު ރާއްޖެއަށް އައި ދެވަނަ ފަހަރެވެ. މީގެ ކުރިން މި ކްރޫޒްލައިނަރ ރާއްޖެ އައީ މިދިޔަ ޖަނަވަރީ މަހުގެ 10 ވަނަ ދުވަހުއެވެ. އޭރު 216 ފަތުރުވެރިންނާއި 416 ކްރޫ މެންބަރުން ހިމެނެއެވެ.

ރާއްޖެއަކީ ކްރޫޒްލައިންތަކުގެ މެދުގައި މަޤްބޫލު މަންޒިލަކަށްވުމާއެކު، ސަރުކާރުން ވަނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި ކްރޫޒްލައިނަރތަކަށް ޚާއްޞަ ޖެޓީތަކެއް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާގެ އެންމެފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 588,484 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%