މިއަހަރު ނިމޭއިރު 250 އަށްވުރެ ގިނަ އޭޓީއެމް ރާއްޖޭގައި ޤާއިމްކުރެވޭނެ: ޤައުމީ ބޭންކް

ހުސައިން އިސްމާއިލް | 6 ދުވަސް ކުރިން - 13:17
ބީއެމްއެލް ގެ ސީއީއޯ މުޙައްމަދު ޝަރީފް: ޝަރީފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދަކީ، ކިތަންމެ ކުޑަ އާބާދީއެއް ދިރިއުޅޭ ރަށެއް ނަމަވެސް ހުރިހާ ދިވެހިންނަށްވެސް، އެ ރަށުގައި ތިބެގެން ބޭންކުގެ ޚިދުމަތް ލިބޭނެގޮތް ހަމަޖެއްސުން ކަމަށް.
ބީއެމްއެލް ގެ ސީއީއޯ މުޙައްމަދު ޝަރީފް: ޝަރީފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދަކީ، ކިތަންމެ ކުޑަ އާބާދީއެއް ދިރިއުޅޭ ރަށެއް ނަމަވެސް ހުރިހާ ދިވެހިންނަށްވެސް، އެ ރަށުގައި ތިބެގެން ބޭންކުގެ ޚިދުމަތް ލިބޭނެގޮތް ހަމަޖެއްސުން ކަމަށް.
ޚުލާސާ

“މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" ގެ ނަމުގައި ސަރުކާރުން ފަށާފައިވާ މި މަޝްރޫޢަކީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުން.

މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި 250 އަށްވުރެ ގިނަ ސެލްފް ސަރވިސް އޭޓީއެމް ޤާއިމްކުރެވޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ ހއ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޤާއިމްކުރުމުގެ މަޝްރޫޢުގެ ދަށުން ހއ. އުތީމުގައި އޭޓީއެމްގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

"މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" ގެ ނަމުގައި ސަރުކާރުން ފަށާފައިވާ މި މަޝްރޫޢަކީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ކުރިއަށްގެންދާ މުހިންމު ޤައުމީ މަސައްކަތެކެވެ. މި މަޝްރޫޢުއާ ގުޅޭގޮތުން ޝަރީފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދަކީ، ކިތަންމެ ކުޑަ އާބާދީއެއް ދިރިއުޅޭ ރަށެއް ނަމަވެސް ހުރިހާ ދިވެހިންނަށްވެސް، އެ ރަށުގައި ތިބެގެން ބޭންކުގެ ޚިދުމަތް ލިބޭނެގޮތް ހަމަޖެއްސުމެވެ.

މިއަހަރު ނިމޭއިރު 250 އަށްވުރެ ގިނަ އޭޓީއެމް ރާއްޖޭގައި ޤާއިމްކުރެވޭއިރު މިކަމުގެ ސަބަބުން ރައްޔިތުންނަށް މިހާރު ދިމާވާ ގިނަ ދަތިތަކަށް ހައްލު ލިބިގެންދާނެއެވެ.

ޝަރީފް ވިދާޅުވީ މިއީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުގެ ކުރިއެރުމަށް މުހިންމު ކަމެއް ކަމަށެވެ. މީގެ އިތުރުން، ބޭންކުގެ ޑިޖިޓަލް ބޭންކިންގ ޙައްލުތައް ހަރުދަނާކުރުމަށްވެސް މަސައްކަތްކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވަނީ ރަށްރަށުގައި ޤާއިމްކުރާ އޭޓީއެމްތަކަކީ އެ ރަށެއްގެ ހަރުމުދަލެއްގެ ގޮތުގައި ދެކިގެން، މި ވަސީލަތްތައް ރައްކާތެރިކޮށް ބެލެހެއްޓުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%