ވަޢުދުވިތާ ދެމަސް ނުވަނީސް ތަކަންދޫގައި އޭޓީއެމް ޚިދުމަތް ދޭން ފަށައިފި

ހުސައިން އިސްމާއިލް | 6 ދުވަސް ކުރިން - 12:54
ތަކަންދޫގައި ބީއެމްއެލްއިން ޤާއިމްކުރި އޭޓީއެމް.
ތަކަންދޫގައި ބީއެމްއެލްއިން ޤާއިމްކުރި އޭޓީއެމް.
ޚުލާސާ

ތަކަންދޫގައި ބީއެމްއެލް އޭޓީއެމް ޚިދުމަތް މިހާރު ފަށާފައިވާއިރު ރައްޔިތުންނަށް 24 ގަޑިއިރު މާލީ ޚިދުމަތްތައް ލިބޭނެ.

ހއ. ތަކަންދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް ޚިދުމަތް މިއަދު ފަށައިފިއެވެ. މި ޚިދުމަތް ފަށައިދެއްވީ ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތާ އެއްގޮތަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫޢުގެ ދަށުން ތަކަންދޫގައި މި ޚިދުމަތް ފެށިފައިވަނީ އެރަށުގެ ރައްޔިތުންނަށް އޭޓީއެމްގެ ޔަޤީންކަން ރައީސް ދެއްވިތާ ދޮޅު މަސްދުވަހުގެ ތެރޭގައެވެ.

ބީއެމްއެލްއިން މަޢުލޫމާތު ދެއްވި ގޮތުގައި މި އޭޓީއެމް މެދުވެރިކޮށް ރައްޔިތުންނަށް 24 ގަޑިއިރު ތިރީގައިވާ ޚިދުމަތްތައް ލިބޭނެއެވެ. އެގޮތުން ފައިސާ ޖަމާކުރުން، ފައިސާ ނެގުން، ފައިސާ ޓްރާންސްފަރ ކުރުން، ލޯނަށް ފައިސާ ދެއްކުން އަދި ކްރެޑިޓް ކާޑަށް ފައިސާ ދެއްކުން ފަދަ ޚިދުމަތްތައް މިހާރު ތަކަންދޫ ރައްޔިތުންނަށް ރަށުގައި ތިބެގެން 24 ގަޑިއިރު ފަސޭހަ ކަމާއެކު އޭޓީއެމް މެދުވެރިކޮށް ލިބޭނެއެވެ.

ބީއެމްއެލްއިން ވިދާޅުވި ގޮތުގައި މި މަޝްރޫޢުގެ މަޤްޞަދަކީ ބޭންކުގެ ޚިދުމަތްތައް ޑިޖިޓަލްކޮށް، ރައްޔިތުންނަށް ވީހާވެސް ގާތުން އަދި ފަސޭހައިން ފޯރުކޮށްދިނުމެވެ. މިހާތަނަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށިފައިވަނީ ދ. އަތޮޅުގައެވެ. އަދި ހއ. އަތޮޅަކީ މި ޚިދުމަތް ފުރިހަމަވާނެ ދެވަނަ އަތޮޅެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%