އިމިގްރޭޝަންގެ ޚިދުމަތްތެރިންނަށް ރައީސް ޝުކުރު އަދާކުރައްވައިފި

އުސްތާޛް މުޙައްމަދު ޢަލީ | 35 ދުވަސް ކުރިން - 24 މާރިޗް 2025 12:30
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު.
ޚުލާސާ

ރައީސް މުޢިއްޒު އިމިގްރޭޝަންގެ ޚިދުމަތްތެރިންނަށް ޝުކުރު އަދާކުރެއްވީ އެ ޚިދުމަތަށް 75 އަހަރު ފުރުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ.

މޯލްޑިވްސް އިމިގްރޭޝަންގެ ހުރިހާ ޚިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝުކުރު އަދާކުރައްވައިފިއެވެ.

ރައީސް މުޢިއްޒު އިމިގްރޭޝަންގެ ޚިދުމަތްތެރިންނަށް ޝުކުރު އަދާކުރެއްވީ އެ ޚިދުމަތަށް 75 އަހަރު ފުރުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އިމިގްރޭޝަންގެ ޚިދުމަތް ދިވެހިރާއްޖެއިން ލިބެން ފެށިތާ 75 އަހަރު ފުރޭ އަލިމަސް ޔޫބީލްގެ މުނާސަބަތުގައި، އެ ދާއިރާގައި ކުރީން މަސައްކަތްކޮށްދެއްވި، އަދި މިހާރުވެސް މަސައްކަތުގައި ދެމިތިއްބެވި ހުރިހާ ޚިދުމަތްތެރިންނަށް މަރްޙަބާއާއި ޝުކުރު ދަންނަވާ ކަމަށެވެ.

ދިވެހިރާއްޖޭގައި އިމިގްރޭޝަންގެ ޚިދުމަތް އެންމެ ފުރަތަމަ ފެށީ 1950 ވަނަ އަހަރުއެވެ. އެގޮތުން، މޯލްޑިވިއަން ޕާސްގެ ނަމުގައި ދަތުރުކުރުމަށް ޚާއްސަ ލިޔުމެއް ދޭން ފަށައި އެ ލިޔުން ބޭނުންކުރަން ފެށީ ރާއްޖެއާއި ސިލޯނާ ދެމެދުއެވެ. މި ލިޔުން ތައްޔާރުކޮށްފައިވަނީ ދެ ޤައުމުގެ ދެމެދުގައި ވިޔަފާރި ކުރުމަށް ކަމަށް އިމިގްރޭޝަނުން ފާހަގަކުރައްވައެވެ.

އެއަށްފަހު ރާއްޖޭގައި އިމިގްރޭޝަންގެ ޚިދުމަތް ފުޅާކޮށް 1964 ވަނަ އަހަރު ދިވެހި ޕާސްޕޯޓް ތަޢާރަފުކުރެވުނެވެ. ރާއްޖޭގައި މިހާރު ބޭނުންކުރަމުންދާ ޕާސްޕޯޓަކީ 2016 ވަނަ އަހަރު ތަޢާރަފުކުރެވުނު ސެކަންޑް ޖެނެރޭޝަން އީ-ޕާސްޕޯޓެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%