މާލޭ ހީނާމާގެ ޕާކިން ސަރަހައްދަށް އަމާޒުކޮށްގެން މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ ރެއިޑް އޮޕަރޭޝަންގައި، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ފަސް ބިދެސީއަކު ހިފަހައްޓައިފި އެވެ.
އިމިގްރޭޝަން އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރިއަށް ގެންދާ ރެއިޑް އޮޕަރޭޝަންތަކުގައި ރޭ މާލޭގެ ހީނާމާގޭ ޕާކިން ސަރަހައްދުގައި އުޅޭ ބިދޭސީން ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އެ ސަރަހައްދުން ފަސް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ހީނާމާގެ ޕާކިން ސަރަހައްދަށް އަމާޒުކޮށްގެން އިމިގްރޭޝަނުން ހާއްސަ ރެއިޑް އޮޕަރޭޝަނެއް ހިންގާފަވާއިރު، ގަވާއިދާ ހިލާފަށް އެ ސަރަހައްދުގައި އުޅޭ 17 ބިދޭސީއަކު މިދިޔަ ޖެނުއަރީ މަހުގެ 13ވަނަ ދުވަހު ވެސް ވަނީ ހިފަހައްޓައިފަ އެވެ.