ވޭލްސްއިން ރޭ ކަޒަކިސްތާނުގެ މައްޗަށް 3-1 އިން ކުރި ހޯދައި، ފީފާ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ އުންމީދު “ދިރުވައިލައިފިއެވެ”. މެޗުގެ ފުރަތަމަ ލަނޑު ޖެހީ 9 ވަނަ މިނެޓުގައި ވޭލްސްގެ ޑޭން ޖޭމްސްއެވެ. ނަމަވެސް ކަޒަކިސްތާނުގެ އަބަޓް އައިމްބެޓޮވް ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އެއްވަރުކޮށްފައެވެ.
ދެވަނަ ހާފުގައި ވޭލްސްއިން އަލުން ކުޅުން ކޮންޓްރޯލްކޮށް، ކެޕްޓަން ބެން ޑޭވިސް ކޯނަރަކުން ލަނޑެއް ޖަހައި ލީޑު ނެގިއެވެ. އެއަށްފަހު ރައްބީ މަޓޮންޑޯ ވަނީ ތިންވަނަ ލަނޑު ޖަހައި ވޭލްސްގެ ފެށުން 3 ޕޮއިންޓް ކަށަވަރުކޮށްދީފައެވެ. މިއީ ގްރޫޕް ޖޭ ގެ ވޭލްސް ކުޅުނު ފުރަތަމަ މެޗެވެ.
މިގްރޫޕްގެ (ގްރޫޕް ޖޭ) އެއްވަނައިގައި 3 ޕޮއިންޓާއި ފައިދާ ދެގޯލުން އުތުރު މެސެޑޯނިއާ މިވަގުތު އެއްވަނައިގައި އޮތްއިރު ދެވަނައިގައި އޮތް ވޭލްސް އަށް ދާ ދެގޯލެވެ. ބެލްޖިއަމް އަދި މިގްރޫޕްގައި މެޗެއް ކުޅެފައެއް ނުވެއެވެ. ބެލްޖިއަމްގެ މެޗު ހަމަޖެހިފައި އޮތީ ޖޫން މަހުގެ 6 ގައި މެސެޑޯނިއާއާއި ދެކޮޅަށެވެ.
ނަމަވެސް، ވޭލްސްގެ ފުޓްބޯޅަ ޓީމު ޔޫއެފާ ކުއަލިފިކޭޝަން ގްރޫޕް ޖޭގައި އެއްވަނަ ހޯދައިފިނަމަ، 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ސީދާ ކުއަލިފައިވާނެއެވެ.
ޔޫއެފާ ކުއަލިފިކޭޝަން މަރުހަލާ ކުރިއަށްދާ ގޮތުގެ ތަފްސީލު:
- ގްރޫޕްގެ އެއްވަނަ ހޯދާ ޓީމު ސީދާ ވޯލްޑް ކަޕަށް ކޮލިފައިވާނެއެވެ.
- ދެވަނަ ހޯދާ ޓީމު ޕްލޭއޮފްސްއަށް ދާނެއެވެ. މި ޕްލޭއޮފްސްގައި އެހެން ގްރޫޕްތަކުގެ ދެވަނަ ހޯދާ ޓީމުތަކާއި ޔޫއެފާ ނޭޝަންސް ލީގުން ހޮވާލެވޭ ޓީމުތަކާއެކު ބާކީ އޮންނަ ޖާގަތަކަށް ވާދަކުރާނެއެވެ.
ވޭލްސްގެ ވޯލްޑް ކަޕް ތާރީޚު: (ކުރުކޮށް)
ވޭލްސްގެ ފުޓްބޯޅަ ޓީމުގެ ފީފާ ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދާފައިވަނީ 1958 ވަނަ އަހަރުގެ ވޯލްޑް ކަޕްގައެވެ. އެ ފަހަރު ވޭލްސްއިން ވަނީ ޕްލޭއޮފް ގައި ހަންގޭރީ 2-1 އިން ބަލިކޮށް، ކުއާޓަރ ފައިނަލަށް ގޮސްފައެވެ. އެއީ ވޭލްސްގެ އެންމެ ކާމިޔާބު ވޯލްޑް ކަޕެވެ. އެ މުބާރާތުގައި ގްރޫޕް ސްޓޭޖުން ކުރިއަށް ދިޔަ ނަމަވެސް، އޭރު 17 އަހަރުގެ ޕެލޭގެ ބްރެޒިލްއާ ދެކޮޅަށް ކުޅެ ޕެލޭ ޖެހި ގޯލަކުން ވޭލްސް ވަނީ މުބާރާތުން އަލްވަދާޢު ކިޔަން ޖެހިފައެވެ.
ފާއިތުވި ފަސް ވޯލްޑް ކަޕްގައި (2002، 2006، 2010، 2014، އަދި 2018) ގައި ވޭލްސް އޮތީ ވަރަށް ހާލުގައެވެ. ކުއަލިފައި ނުވިއެވެ. ނަމަވެސް ދިގު މުއްދަތަކަށްފަހު 2022 ވަނަ އަހަރު ވޭލްސް ވޯލްޑް ކަޕަށް ކޮލިފައި ވިއެވެ.
2022 ވަނަ އަހަރު ޤަތަރުގައި ބޭއްވި ފީފާ ވޯލްޑް ކަޕްގައި ވޭލްސްއަށް ގްރޫޕް ސްޓޭޖުން ވަކިވާން ޖެހުނީ. ގްރޫޕް ބީގައި ކުޅުނު އެމެރިކާއާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވެ، އީރާނާ ދެކޮޅަށް 2-0 އިން ބަލިވެ، އަދި އިނގިރޭސިވިލާތާ ދެކޮޅަށް ކުޅެ 3-0 އިން ބަލިވުމުންނެވެ. މިދިޔަ ވޯލްޑްކަޕް ވޭލްސް ނިންމާލީ ގްރޫޕް ފުލުންނެވެ.