ބޮލީވުޑްގެ މަޝްހޫރު ފިލްމު "ގަޖިނީ" ގެ ދެވަނަ ބައި ކުޅެނީ

އައިޝަތު ރުވާ ރިފްޢަތު | 8 ދުވަސް ކުރިން - 19:59
"ގަޖިނީ" ފިލްމްގެ ޕޯސްޓަރު.
"ގަޖިނީ" ފިލްމްގެ ޕޯސްޓަރު.
ޚުލާސާ

"ގަޖިނީ 2" އާ ގުޅޭ ގޮތުން ޚިޔާލުތަކެއް އެބަހުރި ކަމަށާއި، ނަމަވެސް އަދި އެކަމާ ގުޅޭ މަސައްކަތްތަކެއް ފެށިފައި ނުވާ ކަމަށް މުރުގަދޮސް ބުނެފައިވޭ.

ބޮލީވުޑްގެ މަޝްހޫރު ފިލްމު "ގަޖިނީ" ގެ ދެވަނަ ބައި ނެރެން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި ފިލްމުގެ ޕްރޮޑިއުސަރު އޭއާރު މުރުގަދޮސް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ "ގަޖިނީ 2" އާ ގުޅޭ ގޮތުން ޚިޔާލުތަކެއް އެބަހުރި ކަމަށާއި، ނަމަވެސް އަދި އެކަމާ ގުޅޭ މަސައްކަތްތަކެއް ފެށިފައި ނުވާ ކަމަށެވެ.

އޭނާ ބުނީ މިހާރު އޭނާއާއި ފިލްމުގެ މައިގަނޑު ތަރި އާމިރު ޚާން ވެސް އުޅެނީ އެހެން ޕްރޮޖެކްޓުތަކެއްގައި ކަމަށާއި، އެ ޕްރޮޖެކްޓުތައް ނިމި ވަގުތު ލިބުމުން "ގަޖިނީ 2" އާ މެދު މަޝްވަރާ ކުރާނެ ކަމަށެވެ.

"ގަޖިނީ 2" އާ ގުޅޭ ގޮތުން މާ ގިނަ މަޢުލޫމާތެއް ހާމަނުކުރި ނަމަވެސް، މުރުގަދޮސް މިވަނީ މި ފިލްމު އުފައްދާނެ ކަމުގެ އިޝާރާތެއް ކޮށްފައެވެ. އަދި މި އައިކޮނިކް ފިލްމު ވަރަށް އަވަހަށް ސިނަމާތަކުގައި އަލުން ދައްކާނެ ކަމަށާއި، އާމިރު ޚާނާއި ސޫރިޔާގެ ޖާދޫ ބެލުންތެރިންނަށް އަނެއްކާވެސް ތަޖުރިބާ ކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

2008 ވަނަ އަހަރު ރިލީޒްކުރި "ގަޖިނީ" އަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރެއިން ފިލްމެކެވެ. މި ފިލްމުގެ ދެވަނަ ބައެއް އުފެއްދުމުގެ ޚަބަރަކީ ގިނަ ބަޔަކު އިންތިޒާރުކުރަމުން އައި ޚަބަރެކެވެ. ނަމަވެސް، ފިލްމު އުފެއްދުމުގެ މަސައްކަތް ފެށޭނެ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%