މިފަހަރުގެ ވޯލްޑް ކަޕްގައި ކޮލިފައިވެފައިވާ ޓީމުތަކާއި އެންމެ އަވަހަށް ކޮލިފައިވާނެ ޓީމުތައް

އުސްތާޛް މުޙައްމަދު ޢަލީ | 8 ދުވަސް ކުރިން - 10:18
ވޯލްޑްކަޕް ތަށި.
ވޯލްޑްކަޕް ތަށި.
ޚުލާސާ

ހޯސްޓް ގައުމުތަކުގެ އިތުރުން ޖަޕާން ކޮލިފައި ވެފައި ވާއިރު، ރޭގެ ނަތީޖށތަކަށް ބަލައިލުމުން މިސްރު، މޮރޮކޯ، ދ.އެފްރިކާ، ގާނާ އަދި އާޖެންޓީނާ ދަނީ ޖާގަ ކަށަވަރުކުރަމުން.

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކައިރިވަމުން އަންނައިރު، އެކި ކޮންފެޑެރޭޝަންތަކުގައި ކޮލިފިކޭޝަންގެ މަރުހަލާ ވަރަށް ބާރަށް ކުރިޔަށްދާއިރު، ޤަވާޢިދުގައި ބުނާ ގޮތުން އޮޓޯއިން ކޮލިފައިވަނީ މުބާރާތް ބާއްވާ ޤައުމުތަކެވެ. އެހެންކަމުން މިފަހަރު އެއީ ކެނެޑާ، މެކްސިކޯ، އަދި އެމެރިކާއެވެ. އޮޓޮމެޓިކުން

ޖަޕާނަކީ މުބާރާތް ބާއްވާ ޤައުމުތައް ނުހިމަނައި ނުހިމަނައި ފުރަތަމަ ކޮލިފައިވި ގައުމެވެ. އެއީ މިމަހުގެ 20 ވަނަ ދުވަހުގައެވެ.

ޖަޕާން ކޮލިފައިވީ މިމަހުގެ 20 ވަނަ ދުވަހު ކުޅުނު މެޗު ބަހްރައިންގެ މައްޗަށް 2-0 އިން ކުރި ހޯދައިގެން.

ދެން އެންމެ އަވަހަށް ކޮލިފައި ވާނެ ކަމަށް ލަފާ ކުރެވޭ ޓީމުތައް:

އެފްރިކާގައި ބައެއް ޓީމުތަކުން ދަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ. ރޭކުޅުނު މެޗުގައި މުހައްމަދު ސަލާހު އިސްކޮށް ހުރެ މިސްރުން އިތިއޮޕިއާ އަތުން 2-0 އިން މޮޅުވެ، ގްރޫޕް އޭގައި ފަސް ޕޮއިންޓުގެ ލީޑު ވަރުގަދަކޮށްފިއެވެ. މޮރޮކޯއިން ވެސް ނައިޖާ އަތުން 2-1 އިން މޮޅުވެ، ގްރޫޕް އީގެ އެއްވަނައިގައި އެބައޮތެވެ.

ރޭ މިޞްރާއި އިތިއޯޕިއާ ކުޅުނު މެޗުގައި ސަލާޙް ބޯޅަ ފޮނުވާލަނީ: 2-0 އިން މިޞްރު މޮޅުވިއިރު ފުރަތަމަ ގޯލް ޖަހައިދިނީ ޞަލާޙް

ދެކުނު އެފްރިކާ ވެސް ލެސޯތޯ އަތުން 2-0 އިން މޮޅުވުމުން ގްރޫޕް ސީގެ ލީޑު ނަގާފައިވާއިރު ގްރޫޕް އައި ގައި ގާނާ އޮތީ ޗޭޑް އަތުން 5-0 އިން މޮޅުވެ 12 ޕޮއިންޓް ހޯދައިގެން ގްރޫޕްގެ އެންމެ ކުރީގައެވެ.

ދެކުނު އެމެރިކާގައި އާޖެންޓީނާ އިން ލިއޮނަލް މެސީ އާއި ނުލައި މިއަދު ނުކުތް ނަމަވެސް، އާޖެންޓީނާ ވަނީ އުރުގުއޭ އަތުން 1-0 އިން މޮޅުވެފައެވެ. 28 ޕޮއިންޓާއެކު އާޖެންޓީނާ ދަނީ ލީޑު ދަމަހައްޓަމުންނެވެ. އިކުއެޑޯ، ބްރެޒިލް، އަދި އުރުގުއޭ ވެސް ތިބީ ކޮލިފައި ވުމުގެ މަރުހަލާގައެވެ.

އޭޝިއާގެ ކޮލިފައިންގައި ޖަޕާނުން ޖާގަ ކަށަވަރުވެފައިވާއިރު، އެހެން ގައުމުތަކުން ކޮލިފައިން އަށް ދަނީ ވާދަކުރަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%