ކަރަން ޖޯހަރް ޗުއްޓީ ހޭދަކުރުމަށް ރާއްޖޭގައި

އައިޝަތު ރުވާ ރިފްޢަތު | 10 ދުވަސް ކުރިން - 18:02
ބޮލީވުޑްގެ މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ ކަރަން ޖޯހަރް
ބޮލީވުޑްގެ މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ ކަރަން ޖޯހަރް
ޚުލާސާ

ކަރަން ޖޯހަރުގެ އޮފިޝަލް އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކޮށްފައިވާ ސްޓޯރީއެއްގައި އޭނާ ވަނީ ރާއްޖެ އައިސް ނަގާފައިވާ ފޮޓޯތަކެއް ހިއްސާކޮށްފައިވޭ

ބޮލީވުޑްގެ މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ ކަރަން ޖޯހަރް ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެއެވެ. ކަރަން ރާއްޖެ އައިސްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.

ކަރަން ޖޯހަރުގެ އޮފިޝަލް އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކޮށްފައިވާ ސްޓޯރީއެއްގައި އޭނާ ވަނީ ރާއްޖެ އައިސް ނަގާފައިވާ ފޮޓޯތަކެއް ހިއްސާކޮށްފައެވެ. މި ސްޓޯރީގައި ކަރަން ހާމަކޮށްފައިވާ ގޮތުގައި އޭނާ ޗުއްޓީ ހޭދަކުރަމުން ދަނީ ޖުމެއިރާ އޮޅަހަލި އައިލެންޑުގައެވެ.

ކަރަން ވަނީ އެ ރިސޯޓުގައި މަސައްކަތްކުރަމުންދާ މުވައްޒަފުންގެ ޚިދުމަތް ރަނގަޅު ކަމަށް ފާހަގަކޮށް، އެތަނުން ދެމުންދާ މެހެމާންދާރީއަށް ޝުކުރު އަދާކޮށްފައެވެ.

ކަރަން ރާއްޖެ އައިސްފައިވަނީ އޭނާގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ "ނާދާނިޔާ" އަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅިވަޅެއްގައެވެ. މި ފިލްމުގެ ޑައިލޮގުތައް "ކްރިންޖު" ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ.

މި ފާޑުކިޔުންތަކާ ގުޅޭ ގޮތުން ކަރަން ބުނެފައިވަނީ މީހުން އަބަދުވެސް އެކި ކަހަލަ ވާހަކަ ދައްކާނެ ކަމަށާއި، އެންމެ ރަނގަޅު ވާނީ އެކަންތަކަށް އެހާ ބޮޑު ސަމާލުކަމެއް ނުދިނުން ކަމަށެވެ. އަދި ފާޑުކިޔުންތައް ބަލައިގަތް ނަމަވެސް ވަކި ހަސަދައެއްގެ ސަބަބުން ބަޔަކަށް ނުވަތަ މީހަކަށް ޓާގެޓުކޮށް ދައްކާ ވާހަކަތައް ބަލައެއް ނުގަނެވޭނެ ކަމަށް ކަރަން ބުންޏެވެ.

ކަރަން ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އައީ ކިހާ މުއްދަތަކަށް ކަމެއް އަދި އެނގިފައެއް ނުވެއެވެ. ނަމަވެސް، ބޮލީވުޑްގެ މި މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ ރާއްޖޭގައި ހޭދަކުރާ ވަގުތު އުފާވެރި އަދި އަރާމުދޭ ވަގުތުތަކަކަށް ވާނެކަން ޔަގީނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%