އަވަހާރަކޮށްލި އެމެރިކާގެ ކުރީގެ ރައީސާއި ގުޅޭ ސިއްރު ލިޔުންތައް ޢާންމުކޮށްފި

ޖަވާދު | 3 ގަޑިއިރު ކުރިން - 15:13
އެމެރިކާގެ ރައީސް ޖޯން އެފް ކެނެޑީ، ފަސްޓް ލޭޑީ ޖެކްލީން ކެނެޑީ، އަދި ޓެކްސަސްގެ ގަވަރުނަރު ނޮވެމްބަރު 22، 1963 ގައި އެމީހުންގެ މޮޓޯކޭޑް
އެމެރިކާގެ ރައީސް ޖޯން އެފް ކެނެޑީ، ފަސްޓް ލޭޑީ ޖެކްލީން ކެނެޑީ، އަދި ޓެކްސަސްގެ ގަވަރުނަރު ނޮވެމްބަރު 22، 1963 ގައި އެމީހުންގެ މޮޓޯކޭޑް
ޚުލާސާ

ޓްރަމްޕް ވަނީ ކުރިން ހުރިހާ އެއްޗެއް ހާމަކުރުމަށް ވަޢުދުވެފަ. ނަމަވެސް ޤައުމީ ސަލާމަތާގުޅޭ ކަންބޮޑުވުންތަކާ ހުރެ ބައެއް ލިޔެކިޔުންތައް ހާމަކުރުން ލަސްކުރެއްވި.



އެމެރިކާގެ ރައީސް ޖޯން އެފް ކެނެޑީ، ނޮވެމްބަރު 22، 1963 ގައި އޭނާގެ އެންމެ ފަހު ވަގުތުކޮޅުގައި މޮޓޯކޭޑްގައި ދަތުރުކުރަމުންދަނީ.

ބަޑިޖަހައި އަވަހާރަކޮށްލި އެމެރިކަގެ ކުރީގެ ރައީސް ޖޯން އެފް. ކެނެޑީ (ޖޭއެފްކޭ) އަވަހާރަކޮށްލުމާއި ގުޅޭ ގޮތުން އެމެރިކާގެ ސަރުކާރުން ސޮއްރު ކޮށްފައިވާ އެތައް ހާސް ލިޔެކިޔުންތައް ހާމަކޮށްފިއެވެ.

މި ލިޔުންތައް ޢާންމު ކުރައްވާނެ ކަމަށް ޑޮނަލްޑް ޓްރަމްޕް ވަނީ އޭނާގެ ކެޕްޕޭނުތެރޭގައި ވެސް ވިދާޅުވެފްއެވެ.

ރައީސް ޖޯން އެފް ކެނެޑީ އަވަހާރަކޮށްލީ 22 ނޮވެންބްރު 1963 ގައެވެ.

އެމެރިކާގެ ނޭޝަނަލް އާކައިވްސްއިން ވަނީ ކުރިން ސިއްރު ކުރެވިފައިވާ ހުރިހާ ރެކޯޑުތަކެއް މިހާރު އޮންލައިންކޮށް އަދި އަމިއްލައަށް ވެސް ބެލޭގޮތަށް ހަދާފައެވެ.

ޓްރަމްޕް ވަނީ ކުރިން ހުރިހާ އެއްޗެއް ހާމަކުރުމަށް ވަޢުދުވެފައެވެ. ނަމަވެސް ޤައުމީ ސަލާމަތާގުޅޭ ކަންބޮޑުވުންތަކާ ހުރެ ބައެއް ލިޔެކިޔުންތައް ހާމަކުރުން ލަސްކުރެއްވިއެވެ.

ބައިޑެންގެ ވެރިކަމުގައި 2022 ގައި އިތުރު ރެކޯޑުތަކެއް ސިއްރުން އުވާލާފައިވާއިރު، މިހާރު ގާތްގަނޑަކަށް ހުރިހާ ޖޭއެފްކޭ އަވަހާރަކޮށްލުމާ ގުޅޭ ފައިލްތަކެއް އާންމުންނަށް ލިބެން ހުރެއެވެ.

ޓެކްސަސްގެ ޑަލަސް ގައި ޖޯން އެފް ކެނެޑީ އަވަހާރަކޮށްލުމަކީ މިޒަމާނުގެ ތާރީޚުގައި އެންމެ ބަހުސް ކުރެވޭ އެއް ހާދިސާއެވެ. އެމެރިކާ ސަރުކާރުގެ ރަސްމީ ތަހުގީގު ކަމަށްވާ “ވޮރެން ކޮމިޝަން” އިން ނިންމާފައިވަނީ އިސްވާލްޑް ނަމަކަށްކިޔާ އާދައިގެ މީހަކު ބަޑިޖަހައި އަވަހާރަކޮށްލީ ކަމަށެވެ. ނަމަވެސް 65% އަށްވުރެ ގިނަ މީހުން ގަބޫލުކުރާ ގޮތުގައި އޮސްވާލްޑް އާއި ސީއައިއޭ، އެފްބީއައި، ނުވަތަ ސޯވިއެޓް އިންޓެލިޖެންސް އާއި ގުޅުން އޮތްއިރު، އަނެއް ބަޔަކު ޝައްކު ކުރަނީ ރޭވިގެން ވަރަށް އޮގަނައިޒްކޮށްގެން ހިންގާފައިވާ ކަމެއް ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%