އަޒްމިރާލްދާގެ އިތުރު ސުލޫކީ މައްސަލައެއް ބަލަން ފަށައިފި

ހުސައިން އިސްމާއިލް | 5 ގަޑިއިރު ކުރިން - 09:08
ޑރ. އަޒްމިރާލްދާ ޒާހިރު / ފޮޓޯ: މިހާރު
ޑރ. އަޒްމިރާލްދާ ޒާހިރު / ފޮޓޯ: މިހާރު
ޚުލާސާ

އަޒްމިރާލްދާ ގެންދަވަނީ ފަނޑިޔާރުންގެ ޤާނޫނު ބޮލާލާޖައްސަވައި، މައްސަލަ ސިޔާސީ ކުރުވުމަށް ވަކީލު ލައްވައި މަސައްކަތްކުރައްވަމުން. އެ ޢަމަލަކީ ފަނޑިޔާރުންގެ ޤާނޫނުގައި ސީދާ މަނާކަމެއް.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފަރާތުން ނޫސްބަޔާން ނެރޭތީ އިތުރު ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.

މި މައްސަލަ ބަލަން ނިންމާފައިވަނީ ފަނޑިޔާރުންގެ ގާނޫނުގައި ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑާއި ޚިލާފުވެފައިވާ ކަމަށް ބުނެއެވެ. އެ މިންގަނޑުގައި ބަޔާންކޮށްފައިވާ ގޮތުން، ފަނޑިޔާރަކު ބަލަމުންދާ މައްސަލައަކާއި ގުޅޭ ގޮތުން ނުވަތަ އެ ފަނޑިޔާރަކު މަސައްކަތްކުރާ ކޯޓަކާއި ގުޅޭ ގޮތުން، ސިޔާސީ ފަރާތްތަކުން ނުވަތަ މީޑިއާގެ ފަރާތަކުން ދައްކާ ވާހަކައަކަށް ސީދާ ރައްދު ދީގެން ނުވާނެ އެވެ.

ޑރ. އަޒްމިރަލްދާ މިހާރު ވަނީ ސަސްޕެންޑް ކުރެވިފަ އެވެ. އެއީ ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މައްސަލައެއް ބަލަމުންދާތީ އެވެ. ސަސްޕެންޑް ކުރުމަށްފަހު، އަޒްމިރަލްދާގެ ފަރާތުން އޭނާގެ ވަކީލު އިބްރާހިމް ޝަމީލް މެދުވެރިކޮށް އެކި ނޫސްބަޔާންތައް ނެރެފައިވެ އެވެ.

މި މައްސަލައިގެ އިތުރުން، ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަދެއްކެވި ކަމަށް ބުނާ މަޖިލީހެއްގައި އަޒްމިރަލްދާ އިންނެވި މައްސަލަ ވެސް ޖޭއެސްސީން ބަލަމުންދެ އެވެ. މި މައްސަލައާއި ގުޅިގެން އަޒްމިރަލްދާ ޖޭއެސްސީއަށް ހާޒިރުކުރުމަށް ވަނީ ނިންމާފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%