ޑެންމާކަށް ގީލާ އައްޔަނުކުރަން މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

ހުސައިން އިސްމާއިލް | 3 ގަޑިއިރު ކުރިން - 19:39
މިދިޔަ އަހަރު ޔޫރަޕިއަން ޔޫނިއަންއަށް ދިވެހިރާއްޖެއިން ކަނޑައެޅުއްވި ސަފީރު، ހެޑް އޮފް މިޝަން، ގީލާ ޢަލީ، ޔޫރަޕިއަން ކައުންސިލްގެ ރައީސް ޗާލްސް މިޝޭލްއާއެކު. ޑެންމާކަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރަކީ ވެސް ގީލާ.

ޚުލާސާ

މި މަޤާމަށް ގީލާ އައްޔަންކުރުމަށް ރުހުން ހޯދުމަށް އޭނާގެ ނަން މަޖިލީހަށް ފޮނުވީ އިއްޔެ.

ދިވެހިރާއްޖެއިން ޑެންމާކަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ގީލާ އަލީ އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މި މަޤާމަށް ގީލާ އައްޔަންކުރުމަށް ރުހުން ހޯދުމަށް އޭނާގެ ނަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ މަޖިލީހަށް ފޮނުއްވިއެވެ. ގީލާއަކީ މިހާރުވެސް ކިންގްޑަމް އޮފް ބެލްޖިއަމްއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ.

ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ޑެންމާކަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ގީލާ އައްޔަނުކުރުމާމެދު މެންބަރުން ދެކިވަޑައިގަންނަވާ ގޮތް ބެލުމަށް ވޯޓަށް އެހުމުން، ވޯޓު ދެއްވި މެންބަރުންގެ އިއްތިފާޤުން ނިންމީ އޭނާ އެ މަޤާމަށް އައްޔަނުކުރަން ފެންނަ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%