މިއަދު އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމު ރާއްޖެއާ ދެކޮޅަށް ކުޅޭ ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މި މެޗަކީ މިމަހުގެ 25 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އޭޝިއަން ކަޕް ކޮލިފައިން މެޗުގެ ކުރިން ދެ ޓީމަށް ވެސް ތައްޔާރުވުމަށް ލިބޭ މުހިންމު މެޗެކެވެ.
ކޯޗުންގެ ބަސް
އިންޑިއާގެ ހެޑް ކޯޗު މަނޯލޯ މާކޭޒް ވަނީ ކުރިއަށް އޮތް ކޮލިފައިންގައި ބަންގްލަދޭޝްއާއި ރާއްޖޭގެ މައްޗަށް ކުރި ހޯދަން ޖެހޭ ކަމަށް ބުނެފައެވެ.
ރާއްޖޭގެ ކޯޗު އަލީ ސުޒައިން މި ބައްދަލުވުމުގެ މުހިންމުކަން ދެނެގަނެ، ދެކުނު އޭޝިއާގެ ފުޓްބޯޅައިގެ ދެ ގައުމުގެ ވާދަވެރި ރޫހުގެ މައްޗަށް އަލިއަޅުވާލައްވަ އެވެ. ސުޒޭން ވަނީ ދިވެހި ޓީމުގެ ކުރިމަގާއި މެދު އުންމީދު އެބައޮތް ކަމަށް ވިދާޅުވެފައެވެ، އިންޑިއާގެ މޮޅުކަން ސުޒޭން ޤަބޫލުކުރާއިރު، ޢަޒުމަކީ ރަނގަޅު ނަތީޖާއެއް ހޯދުމެވެ.
ތާރީޚާއި ފަހުގެ ފޯމް
ބައިނަލްއަގްވާމީ ފުޓްބޯޅަ މެޗުތަކުގައި އިންޑިއާ އާއި ރާއްޖެއިން ވަނީ 19 ފަހަރެއްގެ މަތިން ބައްދަލުކޮށްފަ އެވެ. މީގެތެރެއިން އިންޑިއާއިން 12 މެޗު ކާމިޔާބު ކުރިއެވެ. ރާއްޖެ މޮޅުވެފައި ވަނީ 3 ފަހަރުއެވެ. ބާކީ 2 މެޗު ނިމުނީ އެއްވަރުވެގެންނެވެ.
ފަހުގެ ފޯމުގެ ގޮތުން ދެ ޓީމަށް ވެސް ވަނީ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފަ އެވެ. ފީފާގެ ރޭންކިންގެ 126 ވަނައިގައި މިވަގުތު އޮތް އިންޑިއާއަށް އެންމެ ފަހުގެ ފަސް މެޗުން ވެސް މޮޅުވެފައެއް ނުވެއެވެ. ގަތަރާއި ކުޅެ (2-1) އަދި ސީރިއާ އަތުން (3-0) ލަނޑުން އިންޑިއާ ބަލިވުމުގެ އިތުރުން މޮރިޝަސް، ވިއެޓްނާމް އަދި މެލޭޝިއާއާ ދެކޮޅަށް ކުޅުނު މެޗުތައް ވެސް ހިމެނެ އެވެ.
ރޭންކިންގެ 162 ވަނައިގައި އޮތް ރާއްޖެއިން ވެސް އެންމެ ފަހުން ކުޅުނު ފަސް މެޗުން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ މިދިޔަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ބަންގްލަދޭޝް އަތުން ހޯދި ފާހަގަކޮށްލެވޭ މޮޅެވެ. 2024 ވަނަ އަހަރު ރާއްޖެއިން ބައިނަލްއަޤްވާމީ ދެ މެޗެއް ކުޅުނުއިރު، އެއް މެޗް ބަންގްލަދޭޝްއާ އެއްވަރުވެ، އަނެއް މެޗުގައި 2-1 އިން ރާއްޖެ ބަކިވީ ހަނި ގޮތަކަށެވެ.
ސަމާލުވާންވީ ކުޅުންތެރިން
އިންޑިއާއަށް އެޓީމުގެ ޒަމާންވީ ކުޅަދާނަ ފޯވާޑް ސުނިލް ޗެޓްރީ އަކީ އަދިވެސް މުހިންމު ކުޅުންތެރިއެކެވެ. އޭނާގެ ތަޖުރިބާއާއި މުހިންމު ވަގުތުތަކުގައި ގޯލް ޖެހުމުގެ ކުޅަދާނަ ހުނަރުގެ ބޭނުން ހިފުމަށް އިންޑިއާއިން މަސައްކަތް ކުރާނެ ކަމަށް ބެލެވެއެވެ. ޗެތުރީއާއެކު މިޑްފީލްޑަރު ބްރެންޑަން ފަރްނާންޑޭޒް އާއި ފޯވާޑް މަންވީރު ސިންގް ފަދަ އުފެދެމުން އަންނަ ހުނަރުވެރިން ކުޅުންތެރިން ވެސް މިއަދުގެ މެޗުން ފެންނާނެ ކަމަށް ބެލެވެ އެވެ.
ރާއްޖެ ބަރޯސާވާނީ ޑިފެންސަށް މުހައްމަދު އިރުފާނު އާއި މުހައްމަދު ނައީމްގެ މިޑްފީލްޑް އަށެވެ. ޑިފެންސިވް ގޭޕްތައް ބޭނުން ކުރުމުގެ ގާބިލްކަން ފޯވާޑް ހަސަން ނަޒީމް އަށް ލިބުމަކީ އިންޑިއާގެ ޑިފެންސަށް ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމެކެވެ.
އިތުރަށް ބަލައިލުމެއް
މިހާރު ފީފާ ރޭންކިން އަށް ބަލާއިރު، އިންޑިއާ މިއަދުގެ މެޗަށް ވަންނަނީ ފޭވަރިޓުންގެ ގޮތުގަ އެވެ. ނަމަވެސް ފަހުގެ ފޯމާއި ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުތަކުގައި އެ ޓީމަށް ލިބިފައިވާ ނާކާމިޔާބަކީ މިއަދުގެ މެޗަށް އަސަރުކޮށްފާނެ ކަމެއްތޯއެވެ؟
މިއަދު އިންޑިއާ ކުޅެނީ އެމީހުންގެ އަމިއްލަ ދަނޑުގައި ކަމަށް ވާތީވެ މިއީ ހޯމްއެޑްވާންޓޭޖެކެވެ. ޝިލޮންގްގައި ފިނިހޫނުމިން ހުރީ 12 ޑިގްރީ ސެލްސިއަސްގައެވެ. މިއީ ރާއްޖޭގެ ކުޅުންތެރިންނަށް އުނދަގުލަކަށް ވެދާނެތޯއެވެ؟