ސްޓެލްކޯއިން އިލެކްޓްރިކް އުޅަނދު ޗާޖުކުރާ އައު ނިޒާމެއް ތަޢާރަފުކުރަނީ

ހުސައިން އިސްމާއިލް | 42 ދުވަސް ކުރިން - 18 މާރިޗް 2025 18:21
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ.
ޚުލާސާ

ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް އުޅަނދުތަކަށް މަގުފަހިކޮށްދޭ އައު ނިޒާމެއް ތަޢާރަފުކުރަނީ.

ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ (ސްޓެލްކޯ) އިން ރާއްޖޭގައި ތިމާވެއްޓާއި ރައްޓެހި އިލެކްޓްރިކް އުޅަނދުތައް ބޭނުންކުރުމަށް މަގުފަހިކޮށްދޭ އައު ނިޒާމެއް ތަޢާރަފުކުރަން ނިންމައިފިއެވެ. މި ނިޒާމުގެ ދަށުން އިލެކްޓްރިކް އުޅަނދުތައް ޗާޖުކުރެވޭނެ ތަންތަން ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވިގޮތުގައި، މި މަޝްރޫޢުގެ ދަށުން ޓައިވާނުގެ ގޮގޯރޯ ބްރޭންޑްގެ ބެޓަރީ މެނޭޖްމަންޓް ސިސްޓަމެއް ރާއްޖެއަށް ތަޢާރަފުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. މާލޭގެ އެކި ސަރަޙައްދުތަކުގައި ބެޓަރީ ސިސްޓަމްތައް ޤާއިމުކުރެވޭނެ ކަމަށާއި، މި ނިޒާމާއެކު، ތިމާވެއްޓާ ރައްޓެހި އިލެކްޓްރޯނިކް ސައިކަލު ރާއްޖެ އެތެރެކުރުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

މިހާރުވެސް ދޮންއަދަރާދަ މަގުގައި އިލެކްޓްރިކް ކާރު ޗާޖުކުރެވޭނެ ސިސްޓަމެއް ވަނީ ޤާއިމުކުރެވިފައެވެ. އަދި ސްޓެލްކޯ ބިޒްނަސް ސެންޓަރުގައި އިލެކްޓްރިކް ސައިކަލް ޗާޖިންގ ސްޓޭޝަނެއް ޤާއިމުކުރުމަށްވެސް ވަނީ ނިންމާފައެވެ.

ފަހުމީ ވިދާޅުވީ، "މިއީ ހަކަތައިގެ ސިނާޢަތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ތިމާވެއްޓާ ރައްޓެހި ހަރުދަނާ ސިޔާސަތުތައް އޭގެ އެންމެ ފުރިހަމަގޮތުގައި ތަންފީޒުކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށާއި، ތިމާވެއްޓާއި ރައްޓެހި ސައިކަލުތަކަށް ޝައުޤުވެރިކަން އުފެއްދުމަށްޓަކައި އެފަދަ ސައިކަލުތަކެއް ރާއްޖެ ގެނެސް ޓެސްޓުކުރުމުގެ ފުރުޞަތު ފަހިކުރުމަށް ވެސް މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ފަހުމީ ހާމަކުރެއްވިއެވެ.

ފަހުމީ ވިދާޅުވީ މި މަޝްރޫޢަކީ ސަރުކާރުން އަމާޒުހިފާފައިވާ 33% އަށް ވާޞިލުވުމަށާއި، ތަރައްޤީއާއި ތަހުޒީބުގެ މަގުގައި ރާއްޖެއިން ކުރިއަށް އަޅާ އިތުރު ފިޔަވަޅެއްކަމަށެވެ. އަދި މީގެ ސަބަބުން މާލޭގެ ވައި ތަޣައްޔަރުވުން ކުޑަވެ، މުޖުތަމަޢުގެ ޞިއްޙަތަށް ވެސް ފައިދާތަކެއް ކުރާނެކަމަށް ފަހުމީ ފާހަގަކުރެއްވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%