އިންޑިއާ-ޕާކިސްތާން ހަނގުރާމައެއް ފަށަން އުޅޭ ކަމަށް އިންޒާރު ދިނުން…

ޖަވާދު | 4 ގަޑިއިރު ކުރިން - 30 އޭޕްރިލް 2025 15:38
އިންޑިއާ ސިފައިން ކަޝްމީރު ސަރަހައްދުގައި އިއްޔެ ހަތިޔާރާއެކު: ޕާކިސްތާނުން ބުނީ އިންޑިއާއިން އެގައުމަށް ހަމަލާ ދޭން އުޅޭ ކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށާއި، ހަމަލާ ދީފިނަމަ ވަރަށް ވަރުގަދައަށް ބަދަލު ހިފާނެ ކަމަށް.
އިންޑިއާ ސިފައިން ކަޝްމީރު ސަރަހައްދުގައި އިއްޔެ ހަތިޔާރާއެކު: ޕާކިސްތާނުން ބުނީ އިންޑިއާއިން އެގައުމަށް ހަމަލާ ދޭން އުޅޭ ކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށާއި، ހަމަލާ ދީފިނަމަ ވަރަށް ވަރުގަދައަށް ބަދަލު ހިފާނެ ކަމަށް.
ޚުލާސާ

ކުރިޔަށް 24 އާއި 36 ގަޑިއިރުތެރޭ އިންޑިއާއިން އަސްކަރީ ފިޔަވަޅު އަޅާފާނެ ކަމަށް ބެލެވޭ ކަމަށް ޕާކިސްތާނުން ބުނެފި.

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އުފެދިފައިވާ ފިތުނަތައް ބޮޑުވެ ހުޅުގަނޑު ފަޅައިގެން ގޮސް، ކުރިއަށް އޮތް 24 އާއި 36 ގަޑިއިރުގެ ތެރޭގައި އިންޑިއާ އިން އަސްކަރީ ހަމަލާއަކަށް ތައްޔާރުވެދާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. މި ބިރުވެރިކަން އުފެދިފައިވަނީ މިމަހުގެ 22 ވަނަ ދުވަހު ކަޝްމީރުގެ ޕަހަލްގަމްގައި ދިން ޓެރަރިސްޓް ހަމަލާއެއްގައި 26 މީހުން މަރުވި ހާދިސާއާއި ގުޅިގެންނެވެ، އޭގެ ތެރޭގައި ގިނައީ އިންޑިއާގެ ރައްޔިތުންނެވެ. މި ހަމަލާގެ ޒިންމާ ނަގަން ޖެހޭނީ ޕާކިސްތާނުން ކަމަށް އިންށިއައިން ބުނެއެވެ. ނަމަވެސް، ޕާކިސްތާނުން ވަނީ އެކަމާއި އެގައުމާއި އެއްވެސް ގުޅުމެއް ނެތްކަމަށް ބުނެ ބައިނަލްއަގްވާމީ ތަހުގީގެއް ހިންގުމަށް ގޮވާލާފައެވެ.

މައްސަލަ ބޮޑުވެފައި ވާއިރު، މިއަދު ޕާކިސްތާނުގެ ސަރުކާރުން ބުނީ އިންޑިއާއިން އަސްކަރީ އޮޕަރޭޝަނެއް ހިންގަން ކައިރިވެފައިވާ ކަމަށެވެ. ޕާކިސްތާނުން ބުނީ އިންޑިއާގެ ކޮންމެ ޢުދުވާނަކަށް ވެސް ވަކިވަކިން ވަރުގަދަ ރައްދެއް ދޭނެ ކަމަށެވެ.

ކަޝްމީރުގެ ހަމަލާއާއި ގުޅިގެން އިންޑިއާއިން ވަނީ ޕާކިސްތާނުގެ ރައްޔިތުންނަށް ވިސާ ދިނުން ހުއްޓާލައި، ޑިޕްލޮމެޓުން ވަކިކޮށް، އިންޑަސް ވޯޓާސް ޓްރީޓީގެ ދަށުން ފެން ހިއްސާކުރުން ހުއްޓާލައި، ޕާކިސްތާނުގެ އެއާލައިންތަކަށް ވައިގެ ސަރަހައްދު ވެސް ބަންދުކޮށްފަ އެވެ.

ޕާކިސްތާނުން ރައްދު ދިނީ ވިޔަފާރީގެ ގުޅުން ކަނޑާލައި، އިންޑިއާގެ ޑިޕްލޮމެޓުން ވަކިކޮށް، ވައިގެ ސަރަހައްދު އިންޑިއާގެ ފްލައިޓްތަކަށް ބަންދުކޮށް، ސުލްހައިގެ މުހިންމު އެއްބަސްވުމެއް ކަމަށްވާ ސިމްލާ އެގްރީމަންޓް ސަސްޕެންޑްކޮށްގެންނެވެ.

ނިއުކްލިއާ ހަތިޔާރު ހުރި މި ދެގައުމު ތަޅާފޮޅައިފިނަމަ މި ސަރަހައްދުގައި ހަމަނުޖެހުން ބޮޑުވާނެއެވެ. އެހެން ޤައުމުތައް އެކަމުގައި ބައިވެރިވުމުގެ ފުރުޞަތު އޮތްކަމަށް ބެލެވެއެވެ.

އިންޑިއާއަށް ތާއީދުކުރާނެ ކަމަށް ބެލެވޭ ޤައުމުތަކުގެ ތެރޭގައި އެމެރިކާ ހިމެނެއެވެ. މީގެ އިތުރުން އިންޑިއާއަށް ދިފާޢީ ހަތިޔާރު ވިއްކާ މައި ޤައުމު ކަމަށްވާ ފްރާންސްއާއި،އިންޓެލިޖެންސް އަދި އަސްކަރީ ރޮނގުން އިންޑިއާއާއެކު ގާތް ގުޅުމެއް އޮންނަ އިސްރާއީލް ވެސް ހިމެނެއެވެ.

ދެން އޮތީ އެންމެ ކައިރިން ޖަޕާން އަދި އޮސްޓްރޭލިއާއެވެ. ކުއާޑް އިއްތިހާދުގެ މެންބަރުންގެ ގޮތުގައި އިންޑިއާއަށް މި ދެގައުމުން ތާއީދުކުރުމަކީ އެކަށީގެންވާ ކަމެކެވެ.

ޕާކިސްތާނަށް ބަލާލާއިރު، މި ސަރަހައްދުން އެ ޤައުމުގެ ކޮޅަށް ޗައިނާ ހަމަ ޔަގީނުން ވެސް އަރާނެއެވެ. ޗައިނާ އާއި އިންޑިއާ ދެމެދުގައި މައްސަލަތައް ފުނިޖެހިފައިވާއިރު، ޕާކިސްތާނާއެކު ދިގު މުއްދަތެއްގެ "އޯލް-ވެދަރ" ސްޓްރެޓެޖިކް ޕާޓްނަރޝިޕެއް ޕާކިސްތާނާއި ދެމެދު އޮވެއެވެ.

އޭޝިއާ އަދި ޔޫރަޕްގެ ސަރަހައްދުން އެންމެ އަވަހަށް ޕާކިސްތާނު ކޮޅަށް ޖެހޭނެ އެއް ބާރަކީ ތުރުކީވިލާތު ކަމަށް ބެލެވެއެވެ. ހަމަ އެހެންމެ ގަތަރާއި އެނޫން ގަލްފުގެ ގައުމުތައްވެސް އަރާނީ ޕާކިސްތާނު ކޮޅަށެވެ.

ރަޝިއާއާ އިންޑިއާއާ ގާތް ގުޅުމެއް އޮތްނަމަވެސް، ޕާކިސްތާނާއެކުވެސް އަސްކަރީ ގުޅުން އޮވެއެވެ. އެހެންކަމުން ރަޝިއާ މަސައްކަތްކުރާނީ މައްސަލަ ހައްލުކުރުމަށް ކަމަށް ބެލެވެއެވެ. އަނެއްކޮޅުން އިނގިރޭސިވިލާތް އަދި ޔޫރަޕިއަން ޔޫނިއަން ވެސް ހަނގުރާމަ ހުއްޓުވުމަށް ގޮވާލުން އެކަށީގެންވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%