ޑރ. ޝަހީމް އެނބުރި އަދާލަތު ޕާޓީ އަށް

ހުސައިން އިސްމާއިލް | 4 ގަޑިއިރު ކުރިން - 30 އޭޕްރިލް 2025 16:59
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އަދާލަތު ޕާޓީ އަށް ސޮއިކުރަން ނިންމައިފި.
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އަދާލަތު ޕާޓީ އަށް ސޮއިކުރަން ނިންމައިފި.
ޚުލާސާ

ޝަހީމް އަދާލަތު ޕާޓީގައި އުޅުއްވީ މީގެ 12 އަހަރު ކުރިން.

އަދާލަތު ޕާޓީ ވަރުގަދަ ކުރުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދާލަތު ޕާޓީއާ އަލުން ގުޅިވަޑައިގަތުމަށް ނިންމަވައިފިއެވެ. މިކަން އޭނާ ހާމަކުރެއްވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޝަހީމް ވިދާޅުވީ އަދާލަތު ޕާޓީގެ ސީނިއާ އެއް މުއައްސިސްގެ ހައިސިއްޔަތުން އަހަރުތަކެއް ވަންދެން އެ ޕާޓީއަށް ހިދުމަތްކުރެއްވި ކަމަށާއި، މިހާރު އަލުން އެ ޕާޓީއާ ގުޅިވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި މި އަހަރު ފަހުކޮޅުގައި ޕާޓީގެ އާ ރައީސަކު ހޮވުމަށް ބާއްވާ އެތެރޭގެ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.



ޝަހީމް އަދާލަތު ޕާޓީގައި އުޅުއްވީ މީގެ 12 އަހަރު ކުރިންނެވެ. އަދި 2012 ވަނަ އަހަރު ފެބްރުއަރީ 19 ވަނަ ދުވަހު އަދާލަތު ޕާޓީގެ ސްލޮޓްގައި އިސްލާމިކް މިނިސްޓަރުކަމަށް އައްޔަންކުރެވުނެވެ.

ޕީޕީއެމް އުފެދުނު ފަހުން ޝަހީމް އެއްވެސް ޕާޓީއަކާ ގުޅިވަޑައިގެންފައެއް ނުވެއެވެ. އަދި މިހާރުގެ ސަރުކާރު ވެރިކަމަށް އައި ފަހުން އަދާލަތު ޕާޓީ އޮތީ ސިޔާސީ ގޮތުން އެއްވެސް ކަމަކާ ނުބެހި ހިމޭނުންނެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އަދާލަތު ޕާޓީ އޮތީ އެމްޑީޕީއާ ކޯލިޝަން ޕާޓީއެއްގެ ގޮތުގައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%