ރޯދަމަހުގެ ފުރަތަމަ ދިހަދުވަހު ޙަރަމްފުޅަށް 25 މިލިއަން މީހުން، ރެކޯޑެއް!

ހުސައިން އިސްމާއިލް | 3 ގަޑިއިރު ކުރިން - 14:01
މައްކާގެ ޙަރަމްފުޅުގައި ޠަވާފް ކުރަނީ: މިފަހަރަކީ އާދަޔާއި ޚިލާފަށް ގިނައިން މީހުން ގެފުޅަށް ޒިޔާރަތްކުރި ފަހަރެއް.
މައްކާގެ ޙަރަމްފުޅުގައި ޠަވާފް ކުރަނީ: މިފަހަރަކީ އާދަޔާއި ޚިލާފަށް ގިނައިން މީހުން ގެފުޅަށް ޒިޔާރަތްކުރި ފަހަރެއް.
ޚުލާސާ

މިފަހަރު ރަމަޟާންމަހުގެ ފުރަތަމަ 10 ދުވަހު 25 މިލިއަން މީހުން ޙަރަމްފުޅަށް ދިޔައިރު، 2021 ވަނަ އަހަރުގެ މި މުއްދަތުގައި ރެކޯޑްކުރެވިފައި ވަނީ 1.5 މިލިއަން މީހުން.

މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި މައްކާގެ ހަރަމްފުޅަށް ރެކޯޑް އަދަދަކަށް (25 މިލިއަން) މީހުން ޒިޔާރަތްކޮށްފި އެވެ. އޭގެތެރެއިން 5.5 މިލިއަނަށްވުރެ ގިނަ މީހުން ވަނީ އުމްރާކޮށްފައެވެ.

ސައުދީގެ ކަމާބެހޭ ފަރާތްތަކުން ވަނީ ޙަރަމްފުޅު ސާފުކުރުމާއި މީހުން ބޮނޑިވެ އަނިޔާއެއް ވެދާނެތީވެ ރައްކާތެރިކަން ބެލެހެއްޓުމަށް 11،000 އަށް ވުރެ ގިނަ މުވައްޒަފުން ބައިތިއްބާފައެވެ. މިސްކިތުގައި ޒަމްޒަމް ފެން ލިބޭނެ ގޮތަށް 20،000 ޒަމްޒަމް ޑިސްޕެންސަރާއި، 155،000 ޓަނުގެ ފިނިކުރުމުގެ ނިޒާމާއި، ޒަމާނީ ވައި ސާފުކުރުމުގެ ނިޒާމެއް ގާއިމްކޮށްފައިވެއެވެ.

މީގެއިތުރުން ހަރަމައިން ހައިސްޕީޑް ރޭލްވޭގެ ހައްޖުވެރިންނަށް ޖާގަ ދިނުމުގެ އޮޕަރޭޝަންތައް އިތުރުކޮށްފައިވާއިރު، ރޯދަމަހު 3،400 ދަތުރު ކުރުމަށް ވަނީ ރާވާފައެވެ.

ޙަރަމްފުޅަށް މިފަހަރު ރަމަޟާންމަހުގެފުރަތަމަ 10 ދުވަހު 25 މިލިއަން މީހުން ޒިޔާރަތް ކޮށްފައި ވާއިރު 2021 ވަނަ އަހަރުގެ މި މުއްދަތުގައި ރެކޕޑް ކުރެވިފައި ވަނީ 1.5 މިލިއަން މީހުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%