އއ. ތޮއްޑޫގައި ބަރަހަނާވެ އުޅުނު ރަޝިޔާގެ ފަތުރުވެރިޔަކު ހައްޔަރުކޮށްފިއެވެ. މިކަން ހިނގާފައިވަނީ އިއްޔެ 15:00 ހާއިރު ތޮއްޑޫގެ ވަޅުމަގުކޮޅު ބީޗްގައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، މި ފަތުރުވެރިޔާ ތޮއްޑޫގެ ގެސްޓްހައުސްއަކަށް އައިސްފައި އުޅެނިކޮށް، ބަރަހަނާވެ އުޅޭ ކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބުނެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ސީނަށް ދިޔުމުން، އެ ފަތުރުވެރިޔާ ވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައެވެ.
އޮފިޝަލް އިތުރަށް ވިދާޅުވި ގޮތުގައި، މި ހާދިސާގައި ފުލުހުންނަށް އަނިޔާވެ، ފުލުހުންގެ ވެހިކަލަށްވެސް ގެއްލުން ލިބިފައިވެއެވެ. މި ކަންކަމާ ގުޅިގެން އެ ފަތުރުވެރިޔާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.ވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް މިވަގުތު ހާމަކޮށްފައެއް ނުވެއެވެ.