ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރަށް ޚާއްޞަ ނަންބަރެއްގެ ގޮތުގައި 125 ހަމަޖައްސައިފި

އާނާ ފަހީމް | 4 ގަޑިއިރު ކުރިން - 09:27
ޝަހީދު ހުސެއިން އާދަމް ބިލްޑިންގ/ ފޮޓޯ: ޚުލާސާ
ޝަހީދު ހުސެއިން އާދަމް ބިލްޑިންގ/ ފޮޓޯ: ޚުލާސާ
ޚުލާސާ

ރާއްޖޭގައި އިތުރުވަމުންދާ ސްކޭމްގެ މައްސަލަތަކަށް ހައްލެއް ހޯދުމަށްޓަކައި ފުލުހުން ވަނީ އެންޓި-ސްކޭމް ސެންޓަރެއް ގާއިމްކޮށް، މި މައްސަލަތައް ރިޕޯޓުކުރުމަށް 125 ނަންބަރު ތައާރަފްކޮށްފި.

ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރަށް ޚާއްޞަ ނަންބަރެއްގެ ގޮތުގައި 125 ހަމަޖައްސައިފިއެވެ. މިކަން އިއުލާނުކުރަމުން ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިނގާ ސްކޭމްގެ މައްސަލަތަކާއި ގުޅޭ ފިޔަވަޅުތައް އެޅުމާއި، އެހެނިހެން އިދާރާތަކާއެކު ކުރަންޖެހޭ މުޢާމަލާތްތައް މަރުކަޒީ ގޮތެއްގައި ދެން ބަލަހައްޓާނީ އެންޓި-ސްކޭމް ސެންޓަރުން ކަމަށެވެ.

މި އައު ނިޒާމުގެ ދަށުން، ސްކޭމްގެ މައްސަލަތައް ރިޕޯޓުކުރުމަށް ޚާއްޞަ ކޯލް ސެންޓަރެއް ގާއިމްކުރެވިފައިވާއިރު، މައްސަލައެއް ރިޕޯޓުކުރެވޭ ވަގުތުން ފެށިގެން މާލީ އިދާރާތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، އެ އިދާރާތަކުން ލިބެންޖެހޭ މަޢުލޫމާތު ހޯދުމުގެ މަސައްކަތް ވަގުތުން ކުރިއަށް ގެންދާނީ އެންޓި-ސްކޭމް ސެންޓަރުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުންގެ ޚާއްޞަ ނަންބަރު 125 ގެ އިތުރުން، އެންޓި-ސްކޭމް ސެންޓަރުގެ އީމެއިލް [email protected] އަށް ވެސް ސްކޭމާއި ގުޅުންހުރި މައްސަލަތައް ރިޕޯޓުކުރެވޭނެއެވެ. އަދި މިހާރެކޭ ވެސް އެއްގޮތަށް މާލެއާއި އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކަށް ވެސް މިފަދަ މައްސަލަތައް ހުށަހެޅޭނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%