ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޢާއިލާއިން އެމަނިކުފާނުގެ އަމިއްލަ ގެކޮޅު މ. ދިމްޔާތުގައި ނޫސްވެރިންނާއި ބައްދަލުކުރެއްވުމަށް ނިންމައިފި ކަމަށް ނުރަސްމީ ފަރާތަކުން ޚަބަރު ލިބިއްޖެއެވެ.
އެނގިފައިވާ ގޮތުގައި ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ މެންދުރުފަހު 1:00 ގަ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެމްޑީޕީގެ މަޖިލިސް މެންބަރު މީކާއީލް ނަސީމްގެ މަންމަ މަރިޔަމް ޒުބައިރު (މަންދީރާ / މަންދީ) އާއި އެމްޑީޕީގެ ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބުގެ އިތުރުން އެމްޑީޕީގެ އެކި އެކްޓިވިސްޓުން ގެންދަނީ ރައީސް މުޢިއްޒުއާއި އެމަނިކުފާނުގެ ޢާއިލާގެ އިތުރުން އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ (ޕީއެންސީ) އާއި ބެހޭ ގޮތުން ތަފާތު ދޮގު ވާހަކަތައް ފަތުރަމުންނެވެ.
މީގެތެރެއިން ވެސް އެންމެ ޚާއްޞަކޮށް ފާހަގަ ކޮށްލެވޭ ކަމަކީ މީކާއީލްގެ މަންމަ ރައީސްގެ ޢާއިލާއާއި ދަރިންނާއި ގުޅުވައި ދެއްކި ދޮގު ވާހަކަތަކެވެ. އެހެންކަމުން މިއަދު އެކަންކަމާއި ގުޅޭ އިތުރު ސާފު މަޢުލޫމާތު ރައްޔިތުންނަށް ހާމަކޮށްދޭނެ ކަމަށް ބެލެވެއެވެ.
ޚުލާޞާއަށް އެނގިފައިވާ ގޮތުގައި ރައީސް މުޢިއްޒު ވެސް އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ އިބްރާހީމް އާއި އެބޭފުޅުންގެ އެއްވެސް ދަރިއެއް މިއިން ޒަމާނަކުވެސް ވޭޕް ބޭނުންކޮށްފައެއް ނުވެއެވެ. އަދި ވޭޕް ރާއްޖޭގައި މަނާކުރީ ރައީސްގެ ދަރިކަލުން ވޭޕް ބޭނުންކުރާތީއޭ ބުނެ މަންދީ ހެދީ ސީދާ ކަނޑައެޅިގެން ދޮގެކެވެ.