އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އައިޝަތު ފިފްޝީން އަލީ މިއަދު ވަކިކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ފިފްޝީން އެ މަގާމުން ވަކިކުރި ކަން ހާމަކޮށްފަ އެވެ.
ނަމަވެސް އޭނާ ވަކިކުރި ސަބަބެއް ޕީސީބީން ނުބުނެ އެވެ.
ފިފްޝީން އެ މަގާމަށް އައްޔަންކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ.
އެސްޑީއެފްސީ އަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފަސޭހަކަމާ އެކު ފޯރުކޮށްދިނުމަށް އުފެއްދި ސަރުކާރުގެ ކުންފުންޏެކެވެ.