‏ރައީސްގެ ދަރިކަލުން އުމައިރު އަކީ އެއްވެސް ޒާތެއްގެ ދުންފަތުގެ އިސްތިއުމާލު އެއްވެސް އިރެއްގައި ކޮށްފައިވާ ބޭފުޅެއް ނޫން: ރައީސްގެ އާއިލާ

ހުސައިން އިސްމާއިލް | 1 ދުވަސް ކުރިން - 14:00
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ އިބްރާހީމް. / ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ އިބްރާހީމް. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ދުވަހަކުވެސް އުމައިރު ދުންފަތުގެ އިސްތިއުމާލު ނުކުރޭ. ފިތުނަފަސާދަ އުފެއްދުމަކީ ރައީސް އަދި ރައީސްގެ އާއިލާގެ ފަރާތުން ހިތްވަރުދޭނެ ކަމެއް ނޫން.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ދަރިކަލުން އުމައިރު މުޙައްމަދު މުޢިއްޒަކީ އެއްވެސް ޒާތެއްގެ ދުންފަތުގެ އިސްތިއުމާލު އެއްވެސް އިރެއްގައި ކޮށްފައިވާ ބޭފުޅެއް ނޫން ކަމަށާއި، ވޭޕް ބޭނުންކުރާ ކަމަށް ފަތުރަމުންދާ ވާހަކަތަކަކީ "ކަނޑައެޅިގެން ދޮގު" ވާހަކަތަކެއް ކަމަށް ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރައީސްގެ އާއިލާގެ ފަރާތުން މިއަދު ނެރުއްވި ނޫސްބަޔާނުގައި ވިދާޅުވެފައިވަނީ، ފާއިތުވި އަހަރުގެ ތެރޭގައި އަދި ޚާއްސަކޮށް ފާއިތުވި ދެތިން ދުވަސް ތެރޭގައި އުމައިރަށް ނިސްބަތްކޮށް "ޙަޤީޤަތެއްނެތް ދޮގު ވާހަކަތައް" ދައްކައި، އެ ވާހަކަތައް ފަތުރަމުންދާ ކަމަށެވެ. އެ ނޫސްބަޔާން ވިދާޅުވީ ޢާއިލާގެ ވަކީލް ޢާއިޝަތު އާޒިމާ ޝުކޫރެވެ.

"އުމައިރަކީ 16 އަހަރުގެ ކުޑަ ކުއްޖެއް. އޭނާއަކީ ތައުލީމީ ޙަޔާތްވެސް އަދި ނުނިމޭ ކުއްޖެއް،" ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި ވިދާޅުވެފައިވަނީ މިފަދަ ދޮގު ވާހަކަތަކަކީ ރައީސުލްޖުމްހޫރިއްޔާއާއި ގުޅުވައި ސިޔާސީ ގޮތުން ދައްކަމުންދާ ވާހަކަތަކެއް ކަމަށާއި، އެކަމުގެ ސަބަބުން ރައީސްގެ ދަރިކަލުންނަށް ނޭދެވޭ އަސަރު ކުރާނެ ފަދަ ބޮޑެތި ކަންކަމަށް މަގުފަހިވުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން، ރައީސްގެ އާއިލާގެ ފަރާތުން އެމްޑީޕީގެ މެމްބަރު މަރިޔަމް ޒުބައިރާއި، އެ ޕާޓީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް އަދި އެމްޑީޕީގެ މައްޗަށް މަދަނީ ދައުވާކުރުމަށް ނިންމާފައިވާ ކަމަށް ޤާނޫނީ ވަކީލު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވިއެވެ.

"އެއްވެސް ޙާލެއްގައި ދަރިންނާއި އާއިލާއަށް އިހުތިރާމު ކުޑަކުރުމަކީ ރައީސް އަދި ރައީސްގެ އާއިލާގެ ފަރާތުންވެސް ތާއީދު ކުރާނެ އަދި ހިތްވަރުދޭނެ ކަމެއް ނޫން،" އާޒިމާ ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%